އަހުމަދު މަސްނޫމް   21 ޑިސެމްބަރު 2023 - 0:9
ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފަށާފައިވާ ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ތަހުގީގުކުރަން ފަށައިފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މަޝްރޫއާ ގުޅޭ މައްސަލައެއް ކޮމިޝަނަށް ހުށަހެޅިފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެ މައްސަލައިގެ ތަފްސީލެއް އޭސީސީން ހާމައެއް ނުކުރެއެވެ.

އެޗްޑީސީއާ ހަވާލުކޮށްގެން ރަސް މާލޭގެ ނަމުގައި ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއު ފެށީ މިދިޔަ ހޯމަދުވަހުއެެވެ.

މި މަޝްރޫއު ފެށިނަމަވެސް، މަޝްރޫއާ ގުޅޭ މާ ގިނަ މައުލޫމާތުތަކެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. އެގޮތުން ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަނާއި ހަވާލުކޮށްފައިވަނީ އިއުލާނުކުރުމެއް، ބިޑުކުރުމެއް ނެތިކަން ފާހަގަކޮށްލެވެއެވެ. އަދި މި މަޝްރޫއުއަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތުގެ ތަފްސީލެއްވެސް ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން