ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މާލޭގައި ދިރިއުޅެންޖެހެނީ ވަރަށް ދަތި ހާލުގައި ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު، މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޕީޖީ ލީޑަރު އަދި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް މުސާރައިގެ ގޮތުގައި މަހަކު އެއް ލައްކަ ރުފިޔާ ލިބޭގޮތަށް މުސާރަ ބޮޑުކުރަން ނިންމާފައިވަނީ މެމްބަރުން މާލޭގައި ދިރިއުޅުއްވަންޖެހޭ ދަތި ހާލުގެ ސަބަބުން ކަމަށެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ މެމްބަރުންނަކީ ދާއިރާގެ ރައްޔިތުންގެ ގާތަށް ވަރަށް ގިނައިން ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ބައެއް ކަމަށާއި އެކަމަށް ގިނަ ހަރަދުތަކެއް ހިނގާ ކަމަށެވެ. އަދި ބައެއް ފަހަރު މެމްބަރުންނަށް ލިބިވަޑައިގަންނަވާ މުސާރައަށް ވުރެ ބޮޑު އެއްޗެއް ދާއިރާގެ ރައްޔިތުންނަށް ހަރަދު ކުރަންޖެހޭ ކަމަށް ބިގޭ ވިދާޅުވިއެވެ.

"އެހެންވީމަ އެ ހުރިހާ ކަންތައްތަކެއް އެހާ ދަތިކޮށް މާލޭގައި ގިނަ ޚަރަދުތަކެއް ކުރައްވައިގެން އުޅެންޖެހުމުގެ އިތުރުން، މަޖިލީހުގެ މެމްބަރުންނަށް ލިބޭ ރިސެސް ވަގުތުގައި، އަދި އެއަށްވުރެ ވެސް ގިނައިން ރައްޔިތުންގެ ގާތަށް ރައްޔިތުންގެ މަންދޫބުން ވަޑައިގަންނަވަން ޖެހޭ. އެ ކުރާ ކޮންމެ ދަތުރަކީ ވެސް އިންތިހާއަށް ހޭދަކުރަންޖެހޭ ޚަރަދުތައް. އެހެންވީމަ މި ހުރިހާ ކަމަކަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންގެ ވާހަކަތަކުން އަޅުގަނޑަށް އެނގެނީ، އަޅުގަނޑުގެ ވެސް އަމިއްލަ ތަޖުރިބާއިން އެނގެނީ، އެމަހެއްގައި ލިބޭ މުސާރައަށްވުރެ ބޮޑު ހޭދައެއް ރައްޔިތުންގެ ހައްގުގައި ކުރަންޖެހޭކަން." އަލިފުށީ ދާއިރާގެ މެމްބަރު ވިދާޅުވިއެވެ.

މީގެ އިތުރުން ބިގޭ ވިދާޅުވީ މަޖިލީހުގެ މެމްބަރުންގެ މުސާރަ، އެ މެމްބަރުން އަމިއްލައަށް ބޮޑުކުރުމަކީ ފާޑުކިޔުންތައް އަމާޒުވާނެކަމެއްކަމަށް ގަބޫލުކުރައްވާކަމަށެވެ. އެހެން ނަމަވެސް އެކަން ކުރަނީ ގާނޫނުން ބާރު ލިބިގެން ކަމަށް ބިގޭ ވިދާޅުވިއެވެ.

މީގެ ކުރިން މުސާރައާއި ކޮމެޓީ އެލަވަންސާއެކު މެމްބަރުންނަށް ލިބިވަޑައިގަންނަވަނީ 82500 ރުފިޔާއެެވެ. އެހެން ނަމަވެސް މާލިއްޔަތު ކޮމެޓީން މެމްބަރުންގެ އަސާސީ މުސާރަ 80000 ރުފިޔާ އަށް ބޮޑުކުރަން ފާސްކުރުމުން ކޮމެޓީ އެލަވަންސް އަށް ލިބިވަޑައިގަންނަވާ 20000 ރުފިޔާ އާއެކު ކޮންމެ މެމްބަރަކަށް އެއްލައްކަ ރުފިޔާގެ މުސާރަ އެއް ލިބިވަޑައިގަންނަވާނެއެެވެ.


ކިޔުންތެރިންގެ ހިޔާލު


2

ނިކަމެތިމެމްބަރު

16-Jan-2024

ވޯޓައްސަލާންޖަހަން އައީމާ ވޯޓުދީފަ ރައްޔިތުން ބުނަނީތަ އަނބިދަރިންގޮވައިގެން މާލެ ފެއްސޭށޭ


3

ށުމޭ

16-Jan-2024

ހަޔާތް ކުޑަ ބައި ގަނޑެއް.


4

އއ

27-Dec-2023

ސެލޫން ތަކާއި ސްޕާތަކަށް ނޫންތަ ޚަރަދުކުރަނީ?


7

Fathoo

27-Dec-2023

Ehen veemaa majlis jenee uvaalam dhekolhinijehey kamekurumuge beynumennethamenng sababun lhadharinge akhulaagu gelli nimi dhovhjj


6

އަހުމަދު

16-Jan-2024

މަޖިލީހުގައި މިހާރު ގިނައީ ވަލުޖަނަވާރުންނަށްވުރެންވެސް ދަށުދަރަޖައިގެ އިންތިހާޔަށް ކޮރަޕްޓް މީހުން. މިތަން އުވާލަން ޖެހޭ. މީ ބޮޑު މުސީބާތެއް.



ޓްރެންޑިން