ގާނޫނުގައި ނެތް ބާވަތްތަކުގެ މަސްތުވާތަކެތި ދަނީ އާއްމުވަމުންކަމަށާއި ނަމަވެސް އެކަމާއި މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ހުރަސްތަކެއް އެބަހުރިކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން ހާމަކޮށްފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑްރަގް އެންފޯސް ޑިޕާޓްމަންޓްގެ ހެޑް ޗީފް ސްޕްރިޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު ވިދާޅުވީ ފުލުހުން މަސްތުވާތަކެތި ކަމަށް ބަލަނީ ގާނޫނުގެ ޖަދުވަލުގައި ބަޔާންކުރާ ބާވަތުގެ މަސްތުވާތަކެތިކަމަށެވެ. ނަމަވެސް ފަހަކަށް އައިސް އާ ބާވަތްތަކުގެ މަސްތުވާތަކެތި އިތުރުވާން ފަށާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޝާކިރު ވިދާޅުވީ ފުލުހުން ހިންގަމުންގެންދާ އޮޕަރޭޝަންތަކުގައި 8 ބާވަތެއްގެ އައު މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް ބޭނުން ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި، މަނާކުރެވިފައިވާ މަސްތުވާތަކެތި ކަމަށް ބަޔާންކޮށްފައިވަނީ 139 ވައްތަރެއްގެ ޑްރަގެއްކަމަށްވެސް ޝާކިރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ދަންނަވާ ބާވަތްތަކަކީ ޔޫއެންއޯޑީސީގެ ގައިޑްލައިންތަކުން އަދި ބެސްޓް ޕްރެޓިކްސްގައި ވެސް މަސްތުވާތަކެތި ކަމަށް ހުރިހާ ހާލަތެއްގައި ވެސް ބަލާ މަސްތުވާތަކެތީގެ ބާވަތްތައް. އެހެން ނަމަވެސް ގާނޫނުގެ ޖަދުވަލުގައި ބަޔާންކޮށްފައި ނުވާތީވެ ގާނޫނީ މަސައްކަތްތައް ކުރުމުގައި އަޅުގަނޑުމެންނަށް ދަތިތައް އެބަހުރި." ޝާކިރު ވިދާޅުވިއެވެ.

ޝާކިރު ވިދާޅުވީ މަސްތުވާތަކެތި އެތެރެކުރުމަށް މުދާ ކްލިއާކޮށްދޭ އިދާރާތަކުގެ ނަހަމަ ބޭނުންކުރަމުންދާކަމަށެވެ. އަދި އެކަމަށް ސަމާލުވެ، ކްލިއާކޮށް ދެނީ ކޮން ކަހަލަ މުދަލެއްކަން ބެލުން މުހިންމުކަން އޭނާ ފާހަގަކުރެއްވިއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން