މިހާތަނަށް ނުހިންގާވަރުގެ ބިޔަ ޕްރޮޖެކްޓެއް ސްޓެލްކޯއިން އަންނަ އަހަރު ފަށާނެކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހްމީ ވިދާޅުވެއްޖެއެވެ.

ސްޓެލްކޯގެ 74 ވަނަ އަހަރީ ދުވަހުގެ މުނާސަބާތުގައި ދެއްވި ވީޑިއޯ މެސެޖެއްގައި ފަހްމީ ވިދާޅުވީ ސްޓެލްކޯއިން ވޭތުވެދިޔަ ތަނުގައި ހޯދާފައިވާ ކުރިއެރުންތަކާއެކު މިހާރު ހިދުމަތް ދެމުންދަނީ އެންމެ ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީއާއެކުކަމަށެވެ.

ފަހްމީ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުއަކީ ސްޓެލްކޯގެ ތަރައްގީއަށް ވަަރަށް ބޮޑަށް އިސްކަންދެއްވާ ބޭފުޅެއްކަމަށެވެ. އެގޮތުން މިހާތަނަށް ހިންގާފައި ނުވާފަދަ ބިޔަ ޕްރޮޖެކްޓެއް އަންނަ އަހަރު ސަރުކާރުން ހިންގުމަށް ނިންމާފައިވާކަމަށް ފަހްމީ ވިދާޅުވިއެވެ.



"އަންނަ އަހަރު، ކުންފުންޏަށް 75 އަހަރު ފުރިގެންދާ އަހަރަކީ މީގެކުރިން އަޅުގަނޑުމެން ހިންގާފައި ނުވާފަދަ ބިޔަ ޕްރޮޖެކްޓެއް ރާއްޖޭގައި ނުވަތަ މާލޭގައި ހިންގިގެންދާނެ އަހަރަކަށް ވާނެކަމުގެ ޔަގީންކަންދެން." ފަހްމީ ވިދާޅުވިއެވެ.

ފަހްމީ ވިދާޅުވީ ކަރަންޓްގެ ހިދުމަތް ރާއްޖޭގައި ފެށިގެން އައިއިރު އެކަމުގައި އަންހެނުންގެ ދައުރު ވަރަށް ކުޑަނަމަވެސް، މިއަދު އެކަން ވަރަށް ބޮޑަށް ބަދަލުވެފައިވާކަމަށެވެ. އެގޮތުން އިންޖިނިއަރުންގެ ގޮތުގައި އަދި ޓެކްނީޝަނުންގެ ގޮތުގައި ކަނބަލުން ހަރަކާތްތެރިވަމުންދާކަން ފަހްމީ ފާހަގަކުރެއްވިއެވެ. މީގެއިތުރުން ސްޓެލްކޯގެ ސްކޮލަރޝިޕްތަކުގައި ކަނބަލުން އެ ދާއިރާއިން ކިޔަމުންދާކަން ފަހްމީ ފާހަގަކުރެއްވިއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން