ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރުމާއި ދެކޮޅު މޭރުމަކުން ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ވާހަކަފުޅު ދައްކަވައިފިއެވެ.

ރައީސް މައުމޫން މިމޭރުމުން ވާހަކަފުޅު ދެއްކެވީ މި ސަރުކާރުން މަރުގެ އަދަބު ތަންފީޒުކުރަން ނިންމާފައިވާކަން ހާމަކުރުމާއި ގުޅިގެންނެވެެ. އެކަމަށް އިޝާރަތް ކުރައްވައި ރާއްޖޭގައި ތިރީސް އަހަރު ވެރިކަން ކުރެއްވި ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމަކީ ގައުމީ ތަރައްގީގެ އުސް ލަނޑުދަނޑި އެއް ކަމަށް އެމަނިކުފާނު ދެނެވަޑައިނުގަންނަވާ ކަމަށެވެ.



މިސްރުގެ އަލްއަޒުހަރު ޔުނިވަރސިޓީން ދީނީ ތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި ރާއްޖޭގައި އުފެދުނު އެންމެ ފުންނާބު އުސް ދީނީ އިލްމްވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ރައީސް މައުމޫނަކީ ރާއްޖޭގައި މަރުގެ އަދަބު ދިނުމާއި ދެކޮޅަށް އަބަދުވެސް ވަކާލާތު ކުރައްވާ ބޭފުޅެެކެވެ. ރައީސް މައުމޫންގެ ވެރިކަމުގައި 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 03 ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާއާއި ގުޅިގެން މަރަން ހުކުމްކުރި މީހުންގެ އަދަބު ވެސް އެމަނިކުފާނު ވަނީ ލުއި ކޮށްދެއްވައި އުމުރު ދުވަހުގެ ޖަލު ހުކުމް (25 އަހަރު) އަށް ބަދަލުކުރައްވާފައެވެ. ރައީސް މައުމޫން މީގެ ކުރިން ވިދާޅުވެފައިވަނީ ރާއްޖޭގައި މަރުގެ އަދަބު ދިނުމަކީ ދިވެހި ރައްޔިތުން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މި ސަރުކާރަކީ މަރުގެ އަދަބު ތަންފީޒު ކުރަން ނިންމާފައިވާ ސަރުކާރުކަމަށެވެ. އެގޮތުން މަރުގެ އަދަބު ތަންފީޒު ކުރުމާ ގުޅޭގޮތުން ކުރަންޖެހޭ އަދި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ގާނޫނާ ގަވާއިދާ އެއްގޮތަށް އެކަން ކުރާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެކަމާ ގުޅޭގޮތުން ކުރަންޖެހޭ ކަންކަން އަދި ބަލަންޖެހޭ ކަންކަން ބަލާފައި ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދާއި އިމުގެ ތެރޭގައި އެކަން އަޅުގަނޑުމެން ކުރާނަން،" އިހުސާން ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބު ތަންފީޒު ކޮށްފައިވަނީ 1953 ވަނަ އަހަރު ކުރީގެ ރައީސް މުޙައްމަދު އަމީންގެ ވެރިކަމުގައެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ގައިސް

16-Jan-2024

އެހެންތާ ބުނާނީ ވެރިކަމުގަ ކުރަންޖެހުނު ކަމަކީ ރިފާ އާއި ބަނީ ސަލާމަތްކުރަން ޖެހިގެން ހުރިހާކަމެއް ދޫކުރަންޖެހުނީ އެކަމުގެ ބަލާވެރިކަން މިއަދު މުޅި ގައުމަށް ޖެހި ދިވެހީންގެ ދެޖީލެއް މިވަނީ އިިއާދަ ނުކުރެވޭވަރަށް ހަލާކުވެ ދެން މި ރަނގަޅުކުރެވޭނެ ގޮތެއް ސަރުކާރުން އެ ބަލަނީ ކޮންމެހެން މަނިކުފާނުމެން ހިތްހަމަޖެހޭތޯ ބަލާކަށް ނުކެރޭ.



ޓްރެންޑިން