މާލޭގައި އިމާރާތެއްގެ މަތިން ވެއްޓުނު ހޮޅިދަނޑިއަކުން ޖެހި އަންހެނަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ ރޯޝަނީ ގޯޅީގައި ހަދަމުންދާ އިމާރާތެއްގެ މަތިން ހޮޅިދަނޑިއެއް ވެއްޓި އަންހެނަކަށް އަނިޔާވެގެން އުޅޭ ކަމަށް މިރޭ 19:29 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި މި ހާދިސާގައި އަނިޔާވި މީހާ އަށް އޭޑީކޭ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެއެވެ.

އެނގިފައިވާގޮތުގައި މި ހާދިސާގައި އަނިޔާވެފައިވަނީ ވެމްކޯގައި ކުނިކެހުމުގެ މަސައްކަތުގައި އުޅޭ އަންހެން މުވައްޒަފެކަށެވެ.

ފުލުހުން ގެންދަނީ މިހާދިސާ ހިނގަން މެދުވެރި ގޮތް ތަހުގީގު ކުރަމުންނެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން