ހަފުތާ ސާދައިގެ އެޖެންޑާ އާއި ގުޅޭގޮތުން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދިނުމަށް އާންމުކޮށް ހުޅުވާލައިގެން ފޯރަމްތަކެއް ބާއްވަން ސަރުކާރުން ނިންމައިފިއެެވެ.

ސަރުކާރުން އެގޮތަށް ނިންމާފައިވާކަން ހާމަކުރެއްވީ ދަރުބާރު ގޭގައި ރޭ ބޭއްވި "ކަންގަތި އެވޯޑް" ހަފްލާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ހަފުތާ ސާދައިގެ ތެރޭގައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދިނުމަށް އާންމުކޮށް ހުޅުވާލައިގެން ފޯރަމްތަކެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މިއީ ކޮންމެ ތިންމަހުން އެއް މަހު ބާއްވާ ޕްރޮގްރާމެއް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ފުރަތަމަ ފޯރަމް ފެބްރުއަރީ މަހު އޮންނާނެ ކަމަށެވެ. އަދި ވަޒީރުންގެ އެ ފަދަ ފޯރަމްތަކެއް ކޮންމެ ދެ މަހުން އެއް މަހު އޮންނާނެ ކަމަށާއި އޭގެ ފުރަތަމަ ފޯރަމް ޖަނަވަރީ މަހު އޮންނާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވަނީ ރައްޔިތުންގެ ހާލު ބެއްލެވުމަށްޓަކައި މި ހަފުތާ ބަންދުގައި ރާއްޖޭގެ ހުރިހާ ރަށަކަށް، ދައުލަތުގެ ވަޒީރު ބޭފުޅުންނާއި ކުންފުނިތަކުގެ މަސްއޫލުވެރީން ހިމެނިވަޑައިގަންނަވާ ގޮތަށް ވަފުދުތައް ދަތުރުކުރަން ނިންމާފައިވާކަން ވެސް އިއުލާން ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން