ރައްޔިތުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސުވާލުކުރެވޭ ގޮތަށް ޕޯޓަލެއް ގާއިމުކުރުމަށް ސަރުކާރުން ނިންމައިފި އެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި "ކަންގަތި އެވޯޑް" ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ އެމަނިކުފާނު މަސައްކަތް ކުރައްވާނީ ރައްޔިތުންނާ ގާތުން ކަމަށެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުފުޅު ކުރައްވާނެ ކަމަށާއި ރައްޔިތުންގެ އަސްކަނި ދަށުން ލިބޭ ހިޔަލަކީ ނިޔާމަ ހިޔަލެއް ކަމަށް އަބަދުވެސް ގަބޫލުފުޅުކުރައްވާ ކަމަށެވެ.

"ދިވެހި ކޮންމެ ރައްޔިތަކަށް އަޅުގަނޑާ ސުވާލުކުރެވޭގޮތަށް އަދި އެ ރައްޔިތެއްގެ އުދާސްތަކާއި، ޚިޔާލުތަކާއި، އުންމީދުތައް ސީދާ އަޅުގަނޑަށް ހުށަހެޅޭގޮތަށް، ރައީސް އޮފީހުގެ ވެބްސައިޓުގައި ޕޯޓަލެއް ޤާއިމުކުރާނަން. މި ޕޯޓަލް ތައްޔާރުކުރުމުގެ މަސައްކަތް މިހާރުވަނީ ފެށިފައި." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ އެމަނިކުފާނު މާތްﷲ ގަންދީ ހުވާކުރީ ދިވެހި ރައްޔިތުންނަށް އަމާނާތްތެރިވާން ކަމަށެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައްޔިތުންނާ ހަމައަށް އެމަނިކުފާނު ގެންދިޔައީ ހުވަފެނެއް ނޫން ކަމަށާއި އެއީ ހަގީގަތް ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ދިވެހި ރައްޔިތުންނަށް ޙައްޤުވާ ކުރިއެރުމާ ގެދޮރާ، ދިވެހި ޤައުމަށް ލިބެންޖެހޭ ޢިއްޒަތާ ޤަދަރާ ވަރަށް މުހިންމު ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"މި ފަސް އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުވީ ހުރިހައި ވަޢުދެއް ތިޔަ ލޮބުވެތި ދިވެހި ރައްޔިތުންނަށްޓަކައި ތަރުތީބުން ފުއްދައިދޭނަން. ދުވަހުން ދުވަހަށް އެކަން މިދަނީ ބަލަމުން. ކަންކަން މިދަނީ ކުރަމުން." ރައީސް މުޢިއްޒު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން