މާލޭގައި ހަދާ ޒަމާނީ މާރުކޭޓް އެޅުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި "ކަންގަތި" އެވޯޑް ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މާލޭގެ މަސް މާރުކޭޓާއި ލޯކަލް މާރުކޭޓު ހިމެނޭ ޒަމާނީ މާރުކޭޓު އިމާރާތް ކުރުމުގެ މަސައްކަތްވެސް އަންނަ ހަފުތާގެ ތެރޭގައި ފަށާނެ ކަމަށެވެ. ރައީސް ވިދާޅުވީ މި ސަރުކާރު ވެރިކަަމަށް އައީ ރައްޔިތުންނަށް އެފަދަ ފަސޭހަތަކާއި ކުރިއެރުން ގެނެސްދޭން ކަމަށެވެ. އަދި އެކަން ހާސިލް ކޮށްދިނުމުގެ ފުރިހަމަ ޕްލޭނާއެކު، އެކަމުގެ ހެޔޮ ނިޔަތާއި ޢަޒުމް ސަރުކާރުގައި އެބައޮތް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީމާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަސައްކަތް މި އަންނަ އަހަރުގެ ތެރޭގައި ފަށާނެ ކަމަށެވެ. އެގޮތުން އަންނަ އަހަރު ތެރޭގައި މާލޭ ސިޓީކައުންސިލު މެދުވެރިކޮށް ފުޅާ ދާއިރާއެއްގައި އެމަސައްކަތް ފެށިގެން ކުރިއަށްދާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން