ދިވެހި ގައުމާއި ރައްޔިތުންނާއި އެއްކޮޅަށް ތިބުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކިބައިން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ އެދިވަޑައިގެންފިއެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ކަންގަތި އެވޯޑް ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރައްޔިތުންގެ ފަހި ދިރިއުޅުމަށް ތަރުޙީބު ދިނުމަށް ރައްޔިތުންގެ ފާގަތި ކަމަށް ހޮވާފައިވާ ރައްޔިތުންގެ މަޖިލީހާއި މަޖިލީހުގެ މެންބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި ރައްޔިތުންނަށްޓަކައި އުފުލޭ ތަރައްޤީގެ ހަވޭލިތަކުން އުފާ ލިބިގަތުމުގެ ފުރުޞަތު އެ ރައްޔިތުންނަށް ދިނުމަށް ރައީސް މުޢިއްޒު އެދިވަޑައިގެންނެވިއެވެ. އެމަނިކުފާނު ވަނީ ދިވެހި ގައުމާއި ރައްޔިތުންނާއި އެއްކޮޅަށް ތިބުމަށް މަޖިލީހުގެ މެމްބަރުންނަށް އިލްތިމާސް ކުރައްވާފައެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކިބައިން އަޅުގަނޑު އާދޭހާއެކު އެދެނީ، ރައްޔިތުންގެ މި ފަހި ދިރިއުޅުމަށް ތަރުޙީބު ދެއްވުން. ރައްޔިތުންނަށްޓަކައި މި އުފުލޭ ތަރައްޤީގެ ހަވޭލިތަކުން އުފާ ލިބިގަތުމުގެ ފުރުޞަތު އެ ރައްޔިތުންނަށް ދެއްވުމަށް. އަބަދުވެސް ދިވެހި ރައްޔިތުންނާއި ދިވެހި ޤައުމާ އެއްކޮޅަށް ތިއްބެވުމަށް. ދިވެހި ރައްޔިތުން ލޯބިކުރަނީ ޞުލްޙައަށް. ދިވެހި ރައްޔިތުން ލޯބިކުރަނީ އަމާންކަމަށް. ދިވެހިރައްޔިތުން އެދެނީ ކުރިއެރުމާއި ތަރައްޤީއަށް." ރައީސް މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން