ކުޅުދުއްފުށި
ކުޅުދުއްފުށި
ރާއްޖޭން ނައްތާލާފައިވާ ފައިލޭރިއާ ބަލި ޖެހިފައިވާ 25 މީހަކު މިހާތަނަށް ރިކޯޑު ކުރެވިފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

ފައިލޭރިއާ ޖެހިފައިވާ ބަޔަކު ފުރަތަމަ ފެނިފައިވަނީ މި އަހަރު ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރުމަށް މި މަހުގެ 1 އަދި 2 ވަނަ ދުވަހު ކުޅުދުއްފުށީގައި ހިންގި ސްކްރީނިން ކޭމްޕުގައި ޓެސްޓް ކުރި ބައެއް ބިދޭސީންގެ ފަރާތުންނެވެ. އަދި މިއާއެކު މިސްކްރީނިން ކޭމްޕުގެ މުއްދަތު އިތުރުކޮށް މިމަހުގެ 19 ވަނަ ދުވަހާއި ހަމައަށް ސްކްރީނިން ކޭމްޕު ކުރިއަށް ގެންދިޔަކަމަށް އެޗްޕީއޭއިން މިއަދު ހާމަކޮށްފައިވެއެވެ.

އެޗްޕީއޭއިން ބުނީ މިމަހުގެ 1 އިން 19 އަށް ކުރި ސްކްރީނިންގް އިން ޖުމްލަ 25 ބިދޭސީން ބައްޔަށް ފައްސިވެފައިވާކަމަށެވެ. އަދި ސްކްރީން ކުރި 434 މީހުންގެ ތެރެއިން 409 މީހުން ނައްސި ވެފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖެއިން ފައިލޭރިޔާ ބަލި ޖެހިފައިވާމީހުން ފެނިފައިވާއިރު، މި ފަރާތްތައް ރާއްޖެ އައިސްފައިވަނީ ފައިލޭރިއާ އާއްމުކޮށް ފެންނަ 'އެންޑެމިކް' ޤައުމު ތަކުންކަން އެޗްޕީއޭ އިން ހާމަކޮށްފައިވެއެވެ.



ފައިލޭރިއާއަކީ އާންމުކޮށް ކިއުލެކްސް މަދިރީގެ ޒަރީއާއިން ފެތުރޭ ބައްޔެކެވެ. މި މަދިރި އުފެދި އާލާވަނީ ހަޑި ފެނުގައެވެ. ފައިލޭރިއާ ޖެހުމަށްފަހު އެތައް ދުވަހެއް ވަންދެން ބޭރަށް އަލާމާތެއް ނުފެނި ހުރެދާނެއެވެ. އެހެންނަމަވެސް ދިގު މުއްދަތަކަށްފަހު ހަށިގަނޑުގެ އެކި ބައިތައް ދުޅަވެ ހަންގަނޑު ބޯވުން ފަދަ އަލާމާތްތައް ފެންނާނެއެވެ. ފައިލޭރިއާގެ އެންމެ އާންމު އަލާމާތަކީ ފައި ދުޅަވުމެވެ.

ރާއްޖެއަކީ ފައިލޭރިއާ ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވަނީ 2016 ވަނަ އަހަރުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން