މާލޭ ހިޔާއާއި ސިނަމާލެ ފުލެޓްތައް ބާވެފައިވާތީ އޭގެ ބަދަލުގައި އިމާރާތްކުރާ ފުލެޓްތައް އިމާރަތް ކުރުމުގެ މަސައްކަތް އަންނަ ފެބުރުއަރީ މަހު ފަށާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މާލެއާއި ވިލިމާލޭގައި ހުރި މާލޭހިޔާ އަދި ސިނަމާލެ ފްލެޓްތައް ބާވެ ރޫޅެމުންދާ ދިޔުމަކީ އެމަނިކުފާނު ވަރަށް ބޮޑަށް ކަންބޮޑުވެވަޑަައިގަންނަވާ ކަމެއް ކަަމަށެވެ. ރައީސް މުޢިއްޒު ވިދާޅުވީ އެކަމުގެ ހައްލު އެމަނިކުފާނު މާލޭ ސިޓީގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު ހޯއްދަވާފައިވާ ކަމަށެވެ.

އެގޮތުން ކަނޑައެޅިފައިވާ އުޞޫލުތަކާއި ފަސޭހަތަކަކާއެކު، އެ ތަންތާނގައި ދިރިއުޅޭ ރައްޔިތުންނަށް އެ އިމާރާތްތައް އަލުން ބިނާކޮށްދިނުމަށް ނިންމާފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ފުލެޓްތައް ސަރުކާރުން އަލުން އިމާރަތް ކުރަނީ މާލީ ތަކުލީފެެއް ރައްޔިތަކަށް އުފުލަން ނުޖެހޭނެ ގޮތަކަށް ކަމަށެެވެ.

"އެއީ، އެކަމުގައި މާލީ އެއްވެސް ތަކުލީފެއް، އެއިން އެއްވެސް ރައްޔިތަކަށް އުފުލަން ނުޖެހޭގޮތަށް. މިއަދު އަޅުގަނޑު ލޮބުވެތި ރައްޔިތުންނަށް އަރުވާ ޔަގީންކަމަކީ، މި އިމާރާތްތަކުގެ މަސައްކަތް، އަންނަ ފެބުރުވަރީ މަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފަށާނަން." ރައީސް މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން