ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެކި މަންޒިލްތަކަށް ފުރާ ފަސިންޖަރުން، ފުރުމަށް ހަމަޖެހިފައިވާ ވަގުތުގެ 3 ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލުން އިލްތިމާސްކޮށްފިއެވެ.

އެމްއޭސީއެލުން މިކަމަށް އިލްތިމާސްކޮށްފައި މިވަނީ ޗުއްޓީ ދުވަސްވަރާއި ދިމާކޮށް އެތައް ބަޔަކު ރާއްޖޭގެ އެކި ސަރަޙައްދުތަކަށާއި ރާއްޖެއިން ބޭރަށް ދަތުރުކުރަމުންދާ ދަނޑިވަޅެއްގައެވެ.



އެމްއޭސީއެލުން ވަނީ ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުން 3 ގަޑިއިރު ކުރިން އަދި ރާއްޖޭގެ އެކި މަންޒިލްތަކަށް ދަތުރުކުރާ ފަރާތްތަކުން 2 ގަޑިއިރު ކުރިން އެއަރޕޯޓަށް ދިއުމަށް އިލްތިމާސްކޮށްފައެވެ.

އެމްއޭސީއެލުން ބުނީ މިއީ ކިޔޫ ދިގުވެ، ލަސްތައް ކުރިމަތިވުންފަދަ ކަންކަމުން ސަލާމަތްވުމަށް އެޅޭ މުހިއްމު ފިޔަވަޅެއްކަމަށެވެ.

އެމްއޭސީއެލުން ބުނީ މި ދުވަސްވަރު އެއާޕޯޓުގައި އެމްއޭސީއެލްގެ މުވައްޒަފުން ހަރަކާތްތެރިވަމުންދާނެ ކަމަށާއި، އެހެންކަމުން އެ މުވައްޒަފުންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް އެމްއޭސީއެލުން ވަނީ އިލްތިމާސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން