މިނިސްޓްރީގެ ހިދުމަތްތައް ޑިޖިޓަލައިޒްކުރުމުން ރައްޔިތުންނަށް އެތައް ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން ވިދާޅުވީ އިސްލާމިކް މިނިސްޓްރީން ޓްރޭޑްނެޓާއެކު ހިދުމަތްތައް ޑިޖިޓަލައިޒްކުރުމާއި ގުޅޭ އެމްއޯޔޫއެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. އަދި ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ސަޢީދާ ޢުމަރެވެ.



މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، އެމްއޯޔޫގެ ސަަބަބުން މިނިސްޓްރީގެ ހިދުމަތްތައް އިތުރަށް ތަރައްޤީކުރުމަށް އެހީތެރިވެދޭނެ ކަމަށެވެ. އަދި ޚިދްމަތްތައް ޑިޖިޓަލައިޒްކޮށް ތަރައްޤީ ކުރުމުން، މަސައްކަތްތައް އަވަސްވެ، އޭގެ ލުއި ފަސޭހަ ރައްޔިތުންނަށް ލިބޭނެކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

ސަރުކާރުގެ ހިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް އައިއިރު ވަނީ ގިނަ ހިދުމަތްތަކެއް ޑިޖިޓަލައިޒްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން