ރަށްރަށަށް ބޭނުންވާ ކަންކަމާއި ރައްޔިތުންގެ ހާލު ބެއްލެވުމަށް ވަޒީރުން އަތޮޅުތަކަށް ދަތުރުތައް ފައްޓަވައިފިއެވެ.

ސަރުކާރުގެ ހިންގާ ޕީޕީއެމް ޕީއެންސީގެ ތަރުޖަމާން ހީނާ ވަލީދު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިންނާއި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ހިމެނޭ ގޮތަށް ސަރުކާރުގެ ޓީމުތައް ރާއްޖޭގެ ހުރިހާ އަތޮޅަކަށް މިއަދު ދަތުރު ފަށާނެކަމަށެވެ.



ހީނާ ވިދާޅުވީ މި ދަތުރުތަކުގައި ރައްޔިތުންނާ ބައްދަލުކޮށް، ރައްޔިތުން ބޭނުންވާ ކަންކަން އޮޅުން ފިލުވައި، ކަންކަން ހައްލުކުރުމަށްޓަކައި ކުރެވެން ހުރި ކަންކަން ދެނެގަތުމުގެ މަސައްކަތް މި ޓީމުތަކުން ކުރާނެކަމަށެވެ.



އަތޮޅުތަކަށް ޒިޔާރަތްކުރައްވާ ވަޒީރުން ގެންދަވަނީ އެ ބޭފުޅުންގެ މަސައްކަތު ދާއިރާއާ ގުޅޭގޮތުންވެސް ބައްލަވަންޖެހޭ ކަންކަން ބައްލަވަމުންނެވެ. އެގޮތުން މަސްވެރިކަން، ފަތުރުވެރިކަން އަދި ތިމާވެއްޓާއި ގުޅޭ ދާއިރާތައް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން