ކ. މާފުށިން ހޯމް ކަރަންޓީންގައި ހުރި 18 އަހަރުގެ އަންހެނަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
މާފުށިން ޕޮޒިޓިވް ވެފައިވަނީ، މާލެއިން އެރަށަށް ގޮސް އެއް ގެއެއްގައި ކަރަންޓީން ވެގެން ތިބި ދެ އާއިލާއެއްގެ 11 މެންބަރުންގެ ތެރެއިން މީހެކެވެ. އޭނާ ޕޮޒިޓިވްކަން އެނގުނީ ހޯމް ކަރަންޓީންގެ 14 ދުވަސް ހަމަކޮށް ދޫކޮށްލުމުގެ ކުރިން ނެގި ސާމްޕަލުން ކަމަށާއި، އެ ގޭގައި ކަރަންޓީން ވެގެން ތިބި ބާކީ އެންމެންގެ ނަތީޖާ ވަނީ ނެގެޓިވް ވެފައިކަމަށް މަޢުލޫމާތު ލިބެއެވެ.
އަދި ޕޮޒިޓިވްވި އަންހެން މީހާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިހާތަނަށް ރަށުތެރެއިން އިތުރު މީހަކު އެމީހާއާ ކޮންޓެކްޓް ވެފައި ވާކަން ފާހަގަ ކުރެވިފައި ނުވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ޕޮޒިޓިވްވި އަންހެން މީހާ މިހާރު ވަނީ ކަރަންޓީންގައި އެކަހެރި ކޮށްފައެވެ.
މާފުށިން ކޮވިޑަށް ޕޮޒިޓިވް ކޭސް އެއް ފެނިފައިވާ އިރު، ރޭ ވަނީ ޅ.ކުރެންދޫ ހޯމް ކަރަންޓީންގައި ހުރި ބިދޭސީއަކުވެސް ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އަދި އިއްޔެ ވަނީ ބ. އޭދަފުށީ ހޯމް ކަރަންޓީންގައި ހުރި ދެމީހަކު ވެސް ޕޮޒިޓިވް ވެފައެވެ.
ފަހަކަށް އައިސް ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް މީހުންގެ ޢަދަދު އަންނަނީ އިތުރު ވަމުންނެވެ. އެގޮތުން ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 3175 އަށް އަރާފައެވެ. އަދި މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި ތިބީ 647 މީހުންކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު