ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ހިއުމަން ރައިޓްސް ވޮޗް އެސޯސިއޭޓް އޭޝިއާ ޑިރެކްޓަރ.
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ހިއުމަން ރައިޓްސް ވޮޗް އެސޯސިއޭޓް އޭޝިއާ ޑިރެކްޓަރ.
ދިވެހިރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރަން ނިންމި ނިންމުން ބަދަލު ކުރަން ހިއުމަން ރައިޓްސް ވޮޗް އިން ގޮވާލައިފިއެވެ.

ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރަން ނިންމާފައިވާކަން އިއުލާންކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މި ސަރުކާރުގެ ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މި ސަރުކާރުން ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރަން ނިންމާފައިވާ ކަމަށާއި، އަދި މަރުގެ އަދަބު ތަންފީޒު ކުރުމާ ގުޅޭގޮތުން ކުރަންޖެހޭ އަދި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ގާނޫނާ ގަވާއިދާ އެއްގޮތަށް އެކަން ކުރާނެ ކަމަށެވެ.

މިނިންމުމާއި ގުޅިގެން ހިއުމަން ރައިޓްސް ވޮޗްގެ އެސޯސިއޭޓް އޭޝިއާގެ ޑިރެކްޓަރު ޕެޓްރިޝިއާ ގޮސްމަން ވަނީ ރާއްޖޭގައި އަލުން މަރުގެ އަދަބު ތަންފީޒުކުރަން ނިންމި ނިންމުން ވަގުތުން ބަދަލު ކުރުމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ގޮވާލާފައެވެ. އަދި ރާއްޖޭ ޖިނާއީ އަދުލުގެ ނިޒާމަކީ ބައިނަލްއަގުވާމީ ގޮތުން އަނިޔާވެރި އަދި ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ކުރެވޭ މަަސައްކަތާއި އެއްގޮތަށް ގާއިމުކުރެވިފައިވާ ނިޒާމަކަށް ވާން ޖެހޭނެކަމަށް ޕެޓްރިޝިއާ ފާހަގަކުރެއްވިއެވެ.

"ރާއްޖޭގައި އަލުން މަރުގެ އަދަބު ތަންފީޒުކުރަން ނިންމި ނިންމުން ވަގުތުން ބަދަލު ކުރުމަށް ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއަށް ގޮވާލަން. މި އަނިޔާވެރި އަދި ލާއިންސާނީ އަމަލު އުވާލުމަށް ދުނިޔޭގައި ކުރާ މަސައްކަތާ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު އެއްގޮތް ވާން ޖެހޭ،" ޕެޓްރިޝިއާ ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބެއް ތަންފީޒުކޮށްފައިވަނީ 1953 ވަނަ އަހަރު އޭރުގެ ރައީސް މުހައްމަދު އަމީންގެ ވެރިކަމުގަ އެވެ. ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި މަރުގެ އަދަބު ތަންފީޒުކުރަން ގަވާއިދެއް ހަދައި، ދަންޖައްސައިގެން ނުވަތަ ލީތަލް އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ދޭން ނިންމި ނަމަވެސް އެމަނިކުފާނުގެ ސަރުކާރު ނިމުނުއިރުވެސް ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު


2

ާޢަލީ ޤާސިމް

16-Jan-2024

ތިޔަ ހިއުމަންރައިޓް ވޮޗަށް ދަންނަވާބަލަ ޕަލަސްތީނުގެ ކުށެއްނެއް ރައްޔިތުން މަރަމުންދާއިރު ކަލޭމެންނަށް ކުރެވުނީ ކޮންކަމެއްތޯ?


1

އިބްރާހިމް

16-Jan-2024

ތިޔަބުނާ ހިޔުމަންރައިޓްސް ކޮބާ ފަލަސްތީނުގެހައްގު ކޮބާ މަރާމީހުންގެ އަދަދު ތިޔައީކޮންކަހަލަ ހިއުމަންރައިޑެއް މިހާރުންމިހާރަށް އުވާލުމަށް ދުނިޔޭގެ ރައްޔިތުންނަށް ގޮވާލަން.



ޓްރެންޑިން