ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު.
ރަޖިސްޓްރީ ކޮށްގެން ހިންގާ އެއްވެސް ސައިޓެއް ބްލޮކް ނުކުރާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވެއްޖެއެވެ.

ޝަހީބު މިހެން ވިދާޅުވެފައިވަނީ ސަރުކާރަށް ފާޑުކިޔާ ދެ ވެބްސައިޓަކަށް ނުވަދެވޭނެހެން ބްލޮކް ކުރުމާއި ގުޅިގެން ސަރުކާރަށް ފާޑުކިއުން އިތުރުވެފައިވަނިކޮށެވެ.

ސަރުކާރުން ބްލޮކް ކޮށްލާފައިވަނީ ކުރުސީ.ކޮމް އަދި ދިޔަވަރު.ކޮމް އެވެ. މި ދެ ވެބްސައިޓަކީ ރަޖިސްޓްރީ ކޮށްގެން ހިންގާ ދެ ނޫހެއް ނޫނެވެ. ނަމަވެސް މިދެ ނޫހަކީވެސް މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި ލިޔުންތައް ޕަބްލިޝް ކުރާ ދެ ވެބްސައިޓެވެ.

މި ދެ ސައިޓު ބްލޮކް ކުރުމާއިއެކު، އާންމުންނާއި، އިދިކޮޅު އެމްޑީޕީއިންވެސް ވަނީ ފާޑު ކިޔާފައެވެ. ފާޑު ކިއުމަށް ރައްދުދެއްވަމުން ޝަހީބް ވިދާޅުވީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫސް މަޖައްލާއެއް ސަރުކާރުން ބްލޮކެއް ނުކުރާނެކަމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ދެމެހެއްޓުމަށް މި ސަރުކާރުން ކަށަވަރުކުރާނެ ކަމަށްވެސް ޝަހީބު ވިދާޅުވިއެވެ.



ޝަހީބު މިހެން ވިދާޅުވިނަމަވެސް، ރާއްޖޭގައި ރެޖިސްޓްރީނުކޮށް ހިންގާ ނޫސްތައް މަދެއް ނޫނެވެ. އަދި އެއިރެއްގަ އޮންނަ ސަރުކާރަކަށް ފާޑު ކިޔާ ނޫސްތަކެއްވެސް މަދެއް ނޫނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން