ރަޖިސްޓްރީ ނުކޮށް ކާކުކަން ނޭނގި ހިންގާ އޮންލައިން ދެ ނޫހެއް ކަމުގައިވާ ކުރުސީ.ކޮމް އާއި ދިޔަވަރު ނިއުސްއަށް ނުވަދެވޭ ގޮތް ހެދުމުން ދަ ޑިމޮކްރެޓްސްއިން އެކަމާއި ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ދަ ޑިމޮކްރެޓްސްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ މި ދެ އޮންލައިން ނޫސް ބްލޮކްކުރި ސަބަބެއް ސަރުކާރުން ސާފުކޮށް ބުނެދީފައި ނުވާކަން ފާހަގަކޮށްފައެވެ. މިއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ މިނިވަންކަމަށް ހުރަސްއެޅޭ އަދި އިންޓަރނެޓް ސެންސަރޝިޕްގެ އަމަލެއްކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފައި ވެއެވެ.



ޑިމޮކްރެޓްސްއިން ނެރުނު ބަޔާނުގައި ވަނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ދީފައިވާ ހުރިހާ ހައްގުތަކާއި މިނިވަންކަމެއްގެ މުލުގައިވާ ބާރުކަަމަށް ބުނެފައެވެ. އެހެންކަމުން މި ބާރު ނުވަތަ މި ހައްގު އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް ސަރުކާރަށް އެ ޕާރޓީން އިލްތިމާސްކޮށްފައި ވެއެވެ.

މިކަމާއި ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވީ ރަޖިސްޓްރީ ކޮށްގެން ހިންގާ އެއްވެސް ސައިޓެއް ބްލޮކް ނުކުރާނެކަމަށެވެ. ސަރުކާރުން ބްލޮކް ކުރި ދެ ވެބްސައިޓަކީ ރަޖިސްޓްރީ ކޮށްގެން ހިންގާ ދެ ނޫހެއް ނޫނެވެ. ނަމަވެސް މިދެ ނޫހަކީވެސް މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި ލިޔުންތައް ޕަބްލިޝް ކުރާ ދެ ވެބްސައިޓެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން