ހުތުބާކިޔާ މީހާ ފެންނާނެހެން އިސްލާމީ މަރުކަޒުގެ ހުރިހާ ފަންގިފިލާއެއްގައި ޓީވީ ހަރުކުރަން ނިންމާފައިވާކަމަށް އިސްލާމިކް މިނިސްްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން ވިދާޅުވީ މިއަދު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ނަމާދު ކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައެވެ.

ޝަހީމް ވިދާޅުވީ އިސްލާމީ މަރުކަޒުގައި ހުރިހައި ފަންގިފިލާ ތަކަށް އިމާމު ނުވަތަ ޚުޠުބާ ކިޔާ މީހާ ފެންނަ ގޮތަށް ހުރިހާ ފަންގިފިލާ އެއްގައި 98 އިންޗި ބޮޑު ސްމާޓް ޓީވީ ސްކްރީން ހަރުކުރަން ނިންމާފައިވާކަމަށެވެ.

"އިންޝާ ﷲ ވަރަށް އަވަހަށް މަސައްކަތް ފަށާނެ،" ޝަހީމް ވިދާޅުވިއެވެ.



ޝަހީމް ވިދާޅުވީ ހުތުބާ ކިޔާ މީހާ ފެންނަން ހުރުމަކީ ޝައުގުވެރިކަން ބޮޑުވާނެކަމެެއްކަމަށާއި، އެކަމުގެ ސަބަބުން ހުތުބާ އަޑު އަހަން އިތުރު ސަމާލުކަން ދޭނެކަމަށެވެ. އަދި އިޝާރާތުގެ ބަހުން ސްކްރީނުން ފެންނާނެކަމަށާއި އޭރުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހުތުބާ ބުނެދެވޭނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން