ޒަހީނުއްދީން ސަޢީދު   23 ޑިސެމްބަރު 2023 - 0:34
ކޮންމެ ވެބްސައިޓަކީ ނޫހެއް ނޫން ކަމަށް ވިދާޅުވެ ސައިޓްތައް ބްލޮކް ކުރުމާއި ގުޅިގެން އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ރައްދު ދެއްވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޝަހީބު ވިދާޅުވީ ރަޖިސްޓްރީކޮށްފައިވާ އެއްވެސް ނޫހަކަށް ސަރުކާރަކުން ފިޔަވަޅެއް ނާޅާ ކަމަށާއި ކޮންމެ ވެބްސައިޓަކީ ނޫހެއް ނޫން ކަމަށެވެ. އަދި ނޫސްވެރިންގެ ޖަމިއްޔާ، އެމްޖޭއޭއިން ބަޔާނެއް ނެރުމުގެ ކުރިން، ބަލަންވާ ވަރަށް ކަންކަން ބަލައި ދިރާސާކޮށްފައި ނެތްކަން ހިތާމައާއެކު ފާހަގަކުރާ ކަމަށް ޝަހީބު ވިދާޅުވި އެވެ.

ސަރުކާރަށް ފާޑުކިޔަމުން ގެންދާ ދެ ނޫހެއް ބަންދުކުރި ކަނަށްބުނެ އިދިކޮޅު ފަރާތްތަކުންނާއި މީޑިއާއާއި ގުޅުންހުރި ބައެއްފަރާތްތަކުން އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ނަމަވެސް ސަރުކާރުން ބްލޮކްކުރި ކަމަށް ބުނާ ދެ އޮންލައިން ނުވަތަ ވެބްސައިޓަކީ ޚިޔާލުފާޅުކުރުމުގެ ނަމުގައި ގަސްތުގައި މީހުންގެ އަބުރު ކަތިލައި މުޖުތަމަޢުގެ އަދަބު އަޚުލާގީ މިންގަނޑަށް ނުފެތޭ ފޮޓޯއާއި ވީޑިއޯވެސް ޝާއިޢުކޮށް އާންމުކޮށް ހަދާ ދެ ވެބްސައިޓްކަން ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން