ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ބިން ހިއްކުމުގެ މަޝްރޫއުތައް ކުރިއަށް ގެންދިޔަ ގޮތާއި ގުޅޭގޮތުން މިއަދުގެ ސަރުކާރުން ފަތުރަމުންދަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއްކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްްޓަރ ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިހެން ވިދާޅުވީ ރައީސް ސާލިހުގެ ސަރުކާރުން ހިންގި ބިން ހިއްކުމުގެ 3 މަޝްރޫއުއެއްގެ މަސައްކަތް ކުރި ކުންފުންޏަށް ބިން ދީފައިވާކަމަށް ބުނެ ދައްކާ ވާހަކަތަކާއި ގުޅިގެނެވެ.

ރައީސް ސާލިހުގެ ސަރުކާރާއި ރައީސް މުއިއްޒުގެ ސަރުކާރުން ހިންގާ ބިން ހިއްކުމުގެ މަޝްރޫއުތަކުގެ ތަފްސީލް ހިމެނޭ ޕޯސްޓެއް ސަރުކާރު ވަޒީރުންނާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. އެ ޕޯސްޓްގައިވާ ގޮތުން ރައީސް ސާލިހުގެ ސަރުކާރުން ބިން ހިއްކި ކުންފުންޏަށް ހުޅުމާލެއާއި ތިލަފުށިން ބިން ދިނީ ސަރުކާރަށް މާބޮޑު ފައިދާއެއް ނެތްގޮތަށެވެ. އަދި ރައީސް މުއިއްޒުގެ ސަރުކާރުން އެކަންކުރަމުންދަނީ ސަރުކާރަށް އެންމެ ފައިދާ ބޮޑު ގޮތަށެވެ.



ފައްޔާޒު ވަނީ އެ ޕޯސްޓްތަކުގެ ތެރެއިން ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމްގެ ޕޯސްޓަށް ރައްދު ދެއްވާފައެވެ.

ފައްޔާޒު ވިދާޅުވީ ކުރީ ސަރުކާރުން ބިން ވިއްކި ގޮތާއި ގުޅޭގޮތުން ރައްޔިތުންނަށް އޮޅުވާލުމަށް ފަތުރަމުންދަނީ ދޮގު ވާހަކަތަކެއްކަމަށެވެ.

"ރައީސް މުއިޒު ވަރަށް ގަދަޔަށް ވިދާޅުވި އެއްވެސް ކަމެއް އެއްވެސް މިންވަރަކަށް ސިއްރުނުކުރައްވާނެކަމަށް. މަނިކުފާނަށް ކެރިވަޑައިގަންނަވާނެކަމަށް ޤަބޫލުކުރަން ތި ހުރިހާ އެގްރީމަންޓްގެ ކޮޕީ ޓްވީޓްކޮއްލަންވަން. އަވަހަށް ހާމަކޮށްލަދެއްވާ." ޝިޔާމްގެ ޕޯސްޓަށް ރައްދު ދެއްވަމުން ފައްޔާޒު ވިދާޅުވިއެވެ.



މިސަރުކާރުން ފަށާފައިވާ ރަސްމާލެ މަޝްރޫއުއަށް ދަނީ ގިނަ ފާޑު ކިޔުންތަކެއް އަމާޒުވަމުންނެވެ. އެގޮތުން އެ މަޝްރޫއާ ގުޅޭ މާލީ މާ ގިނަ މައުލޫމާތުތަކެއް ހާމަކޮށްފައި ނުވާތީ އެކަން ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ. ނަމަވެސް އެ މަސައްކަތް ސަރުކާރުން ހަވާލުކުރި އަރބަންކޯއިން ބުނަނީ އެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި ގާނޫނާއި ހިލާފު އެއްވެސް ކަމެއް ނުކުރާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


-1

އަލީ

16-Jan-2024

ފުށިދިއްގަރުފަޅަކަށް މާލޭމީހަކު ބަދަލެއް ނުވާނެ. މިއުޅެނީ ހުޅުމާލެއިން ބޮޑު ބިމެއް ވިއްކައިގެން މަޖިލިސް ވޯޓަށް ލާރިހޯދަން. އެކަކު އަނެކަކަށް ވަގަށް ގޮވައިގެން ވެރިކަން ހޯދާފައި ފުތަމާއިނުންވެސް ފަށަނީ ދައުލަތް ލޫޓުވަން



ޓްރެންޑިން