ދޮގު ޚަބަރު ފަތުރައި ފިތުނަ އުފެއްދުމަކީ ކުށެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެއެވެ.

އިބްރާ މިހެން ވިދާޅުވެފައި މިވަނީ ސަރުކާރަށް ފާޑުކިޔަމުން ގެންދާ ދެ ނޫހެއް ބަންދުކުރި ކަމަށްބުނެ އިދިކޮޅު ފަރާތްތަކުންނާއި މީޑިއާއާއި ގުޅުންހުރި ބައެއްފަރާތްތަކުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.

މިކަމާއިގުޅިގެން ފޭސްބުކްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި އިބްރާ ވިދާޅުވީ ޚިޔާލު ފާޅުކުރުމަކީ ކަމަކާމެދު ތިމާ ދެކޭގޮތް ހާމަކުރުންކަމަށާއި، އަދި މިކަންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށެވެ.

ނަމަވެސް ޚަބަރެއް ފަތުރާނަމަ، އެކަމެއްގެ ތެދު ދޮގު ކަށަވަރު ކުރުން މުހިންމުކަން އިބްރާ ފާހަގަކުރެއްވިއެވެ. އަދި ދޮގު ޚަބަރު ފަތުރާ، ފިތުނަ އުފެއްދުމަކީ ކުށެއްކަމަށްވެސް އިބްރާ ފާހަގަކުރެއްވިއެވެ.

"އެހެން މީހަކު ނުވަތަ ބަޔަކު ވަކި ކަމެއް ކުރިކަމަށް، ނުވަތަ ނުކޮށް ދޫކޮށްލިކަމަށް ބުނުމަކީ ޚިޔާލު ފާޅުކުރުމެއްނޫނެވެ. އެއީ ޚަބަރު ފެތުރުމެވެ. އެފަދަކަމެއްގެ ވާހަކަ ބުނާނަމަ، އެކަމެއްގެ ތެދު ދޮގު ކަށަވަރު ކުރުމާއި، އެވާހަކައެއް ބުނާމީހާއާމެދު ދަޢުވާއެއް އުފުލިއްޖެނަމަ، ތިމާބުނީ ތެދެއްކަން ސާބިތުކޮށްދިނުމަކީ ބުނާމީހާގެ މައްޗަށް އޮންނަކަމެކެވެ،" އިބުރާ ވިދާޅުވި އެވެ.



ސަރުކާރަށް ފާޑުކިޔަމުން ގެންދާ ދެ ނޫހެއް ބަންދުކުރި ކަނަށްބުނެ ސަރުކާރަށް ފާޑުކިޔަމުންދާއިރު، އެކަމަށް ރައްދުދެއްވައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވީ ކޮންމެ ވެބްސައިޓަކީ ނޫހެއް ނޫން ކަމަށާއި، ރަޖިސްޓްރީކޮށްފައިވާ އެއްވެސް ނޫހަކަށް ސަރުކާރަކުން ފިޔަވަޅެއް ނާޅާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


6

އަޒރާ

16-Jan-2024

ޕޯންސައިޓަކީ ނޫހެއްކަމަށް ވަންޏާ އަހަރެންގެ ޚިޔާލަކީވެސް ނޫހެއްކަމަށް ބެލިދާނެ ރިޔާސީ އިންތިޚާބްގަ ކުޅުނު ދޮންމަންމަ ޑްރާމާ އަކީ މީހެއްގެ އަބުރު ކަތިލުމަށް ޓަކާ ބަޔަކަށް ކުރެވުނު ވ ނުބައިކަމެއް އެދުވަސްވެސް ދިޔައީ ޑރ މުޢިއްޒު އެއްވެސް މީހކަށް ބަުބަހެއްނުބުނެ ރައްދު ނުދީ މިއީ ރިވެތި އަޚްލާގުގެ ސިފައެއް ނަމޫނާ ދައްކަވަނީ މީހުންގެ މުޅަމަސް ނުކައި



ޓްރެންޑިން