ރާއްޖޭގެ މިނިވަންކަމަށް ފަންސާސް އަހަރު ފުރުމާ ގުޅިގެން ބޭއްވި ޙަރަކާތްތައް ރާވައި ހިންގުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ 83 މައްސަލައިގެ ތެރެއިން 37 މައްސަލަ ނިމިފައިވާކަމަށް އޭސީސީން ވިދާޅުވެއްޖެއެވެ.
މިނިވަން ފަންސާއައި ގުޅިގެން ކުރި މައްސައްކަތް ތަކުގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް އޭސީސީން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން އެކޮމިޝަންގެ ރައީސް ދައުލަތުގެ މީޑިޔާގައި ވިދާޅުވީ މިނިވަން ފަންސާހާއި ގުޅުންހުރި އެއްވެސް މައްސަލައެއް މިހާތަނަށް އަދި ދައުވާ ކުރަން ފޮނުވާފައި ނުވާކަމަށެވެ. އޭގެ ތެރެއިން މިހާތަނަށް 37 މައްސަލައެއް ނިމިފަިއިވާއިރު ދެން ހުރި މައްސަލަތައް ބެލުމަށްފަހު ދައުވާކުރަންޖެހޭފަދަ މައްސަލައެއްވާނަމަ ދައުވާ ކުރުމަށް ފޮނުވާނެކަމަށެވެ.
"މިނިވަން 50 އާއި ގުޅިގެން އަޅުގަނޑު ހަނދާންވާގޮތުން އޭސީސީގައި 83 ކޭސް ރެޖިސްޓާ ކުރެވިފައިވަނީ. އޭގެތެރެއިން އަޅުގަނޑުމެން 37 ވަރަކަށް ކޭސް ނިންމާފަވަނީ. އެހެންނަމަވެސް އޭގެ އެއްވެސް ކޭސްއަކަށް ދައުވާކުރަން ފޮނުވިފައިނުވޭ." އޭސީސީގެ ރައީސް ވިދާޅުވިއެވެ.
މިނިވަން 50ގެ ހަރަކާތްތައް ހިންގެވިއިރު ހޯމް މިނިސްޓަރަކަށް ހުންނެވީ އުމަރު ނަސީރެވެ. އަދި އޭރު ވެރިކަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީނަށްވެސް މިނިވަން 50ގެ ކޮރޮޕްޝަންގެ ތުހުމަތު ކުރެވޭތީ ރައީސް ޔާމީންއާއި ގުޅުން އޮތް 2 މައްސަލައެއްވެސް އޭސީސީން ދަނީ ބަލަމުންނެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭސީސީން ބަލަމުންދަނީ މިނިވަން 50ގެ ހަރަކާތްތަކުގައި ބޭނުންކޮށްފައިވާ ސައުންޑް އެންޑް ލައިޓިންގެ މަސައްކަތް ހަވާލުކުރި ބޭރުގެ ކުންފުންޏަކާއެކު ޕާޓްނާޝިޕް ހަދާފައިވާ ދިވެހި ކުންފުނިން ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ 2 މައްސަލައެވެ. މި ބޭރު ކުންފުނިން ރާއްޖޭގެ ކުންފުނި ބޭނުންކޮށްފައިވަނީ ފައިސާގެ މުއާމަލާތުކުރުމަށް ފަސޭހައަކަށެވެ.
މިނިވަން 50ގެ ހަރަކާތްތައް ކުރިއަށްގެންދަވާފައިވަނީ އެކަމަށް ކަނޑައެޅުއްވި 150 މިލިއަން ރުފިޔާގެ ބަޖެޓަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު