ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހިންގި ބިން ހިއްކުމުގެ މަޝްރޫއާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހިންގާ ބިން ހިއްކުމުގެ މަޝްރޫއުގެ ތަފާތު، އަޅާ ކިޔާލުމުން އެނގޭނެ ކަމަށް ރައީސް މުއިއްޒުގެ އެޑްވައިޒަރު އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒުގެ އެޑްވައިޒަރު އަބްދުއްރަޙީމް އަބްދުﷲ މިއަދު ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުން ހިންގި ބިން ހިއްކުމުގެ މަޝްރޫއާއި ރައީސް މުއިއްޒު ސަރުކާރުން ހިންގާ "ރަސްމާލެ" ބިން ހިއްކުމުގެ މަޝްރޫއުގެ ތަފާތު އަޅާ ކިޔާލީމަ ރައްޔިތުންނަށް ފައިދާހުރީ ކޮން މަޝްރޫއަކުންކަން ވަރަށް ރަނގަޅަށް އެނގޭނެެ ކަމަށެވެ.



އަދުރޭ ވަނީ އެ ޕޯސްޓާއެކުގައި ދެ ސަރުކާރުގެ ތަފާތުތައް ހާމަކޮށްދޭ ޕޯސްޓަރެއް އާންމު ކުރައްވާފައެވެ.

އެގޮތުން ރައީސް ސޯލިހްގެ ސަރުކާރުން ޖުމްލަ ހިއްކާފައިވަނީ ހުޅުމާލެއިން 66 ހެކްޓަރު، ތިލަފުށިން 9.6 ހެކްޓަރު އަދި ދިޔަނެރުފަޅުން 20 ހެކްޓަރު ކަމަށް އެ ޕޯސްޓަރުގައި ބުނެއެވެ. އަދި ރައީސް މުއިއްޒުގެ ސަރުކާރުން ހިއްކަނީ ފުށިދިއްގަރު ފަޅުން 1،153 ހެކްޓަރު ކަމަށް ބުނެފައިވެއެވެ.

އެ ޕޯސްޓަރުގައި ބުނާގޮތުން ކުރީ ސަރުކާރުން ކޮންޓްރެކްޓަރަށް ހުޅުމާލެއިން 10 ހެކްޓަރު އަދި ތިލަފުށިން 9.6 ހެކްޓަރުގެ ބިން ދިނުމަށް ހަމަޖެއްސިއެެވެ. އަދި ރައީސް މުއިއްޒުގެ ސަރުކާރު ކޮންޓްރެކްޓަރަށް ދެނީ ހުޅުމާލެއިން 10 ހެކްޓަރު އަދި ފުށިދިއްގަރު ފަޅުން 60 ހެކްޓަރު ކަމަށް އެ ޕޯސްޓުގައި ބުނެވެ.

ކޮންޓްރެކްޓަރަށް ދީފައިވާ ބިން އަނބުރާ ގަނެވޭނެ އޮޕްޝަން މި ސަރުކާރުން ހަދާފައިވާ އެއްބަސްވުމުގައިވާ ކަމަށާއި ކުރީގެ ސަރުކާރުގެ އެއްބަސްވުމުގައި އެފަދަ ނުކުތާއެއް ނެތް ކަމަށް ވެސް އެ ޕޯސްޓުގައި ބުނެއެވެ.

އަދި މި ސަރުކާރުން ވި އެއްބަސްވުމުގެ ދަށުން ކޮންޓްރެކްޓަރަށް ބިން ދޫކުރާ ހެކްޓަރަކަށް އާބަންކޯއަށް 14.43 ހެކްޓަރުގެ ބިން ލިބޭއިރު ކުރީގެ ސަރުކާރުން އެއްބަސްވެފައި އޮތީ އާބަންކޯއަށް 4.94 ހެކްޓަރުގެ ބިން ލިބޭ ގޮތަށް ކަމަށް އަދުރޭ އާންމު ކުރި ޕޯސްޓަރުގައި ވަނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން