ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައާއިމެދު ގޮތެއް ނިންމުމަށް މިއަދު ބާއްވަން އުޅުނު ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީގެ ބައްދަލުވުން ކެންސަލް ކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީގެ ބައްދަލުވުން ކެންސަލްކޮށްފައިވަނީ ކޯރަމް ހަމަނުވެގެން ކަމަށެވެ. އެ ކޮމިޓީ ބައްދަލުވުމެއް އެޖެންޑާ ކޮށްފައިވަނީ މިއަދު ހެނދުނު 9:00 އަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުންނަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވި މައްސަލަ މިހާރު އޮތީ އެ ކޮމިޓީގައެވެ. މީގެ ކުރިން އެމައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމެޓީއަށް ފޮނުވުމުން ވަޒީރުންނަށް ރުހުން ދޭން ނިންމައި މަޖިލީހުގެ ތަޅުމަށް ވެސް ވަނީ ހުށައަޅާފައެެވެ.

އެހެން ނަމަވެސް އެ މައްސަަލަ އަނބުރާ ކޮމިޓީއަށް ފޮނުވާލީ ކޮމެޓީގެ ރިޕޯޓް އޮތީ މަޖިލީހުގެ ގަވާއިދާއި ހިލާފަށް ކަމަށް ވިދާޅުވެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ނިޒާމާއިބެހޭ މައްސަލައެއް ނަންގަވައި އެކަން މަޖިލީހުގެ ރައީސް މުޙައްމަދު އަސްްލަމްގެ ސަމާލު ކަމަށް ގެންނެވުމުންނެެވެ.

ހިސާން ވިދާޅުވީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކޮށް، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރަ މިންވަރު ބަލާ ކޮމިޓީން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން އެކުލަވައިލި ރިޕޯޓް އޮތީ މަޖިލީހުގެ ގަވާއިދުގެ 200 ވަނަ މާއްދާގެ ވ، ރ، ކ އަދި އ ގައި ބަޔާންކޮށްފައި އޮތް ހަމަތަކާއި ހިލާފަށް ކަމަށެވެ. އެހެން ކަމުން އެ ނިޒާމީ ނުކުތާ ބަލައިގަނެ މަޖިލީހުގެ މާއްދާތަކުގައި ހުރި ކަންކަން ފުރިހަމަ ނުވާ ރިޕޯޓަކަށް ވާތީ އެ ރިޕޯޓަށް ފުރިހަމަ ކުރުމަށް އަލުން އަނބުރާ ކޮމިޓީއަށް ފޮނުވަން ނިންމީ ކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން