ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް ސަރުކާރު ހިންގާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން  އެދެމުންދާ ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިދާރީ، އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް އިދާރީ، އިބްރާހިމް ވަހީދު ވިދާޅުވީ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް ޕީޕީއެމްއާއި ޕީއެންސީއިން  އެމްޑީޕީގައި އެދެމުންދާ ކަމަށެެވެ. އަދި ޕީޕީއެމް، ޕީއެންސީން އެގޮތަށް އެދެމުންދަނީ އެ ކޯލިޝަންގެ ލީޑާޝިޕުގެ ބައެއް ބޭފުޅުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވަޒީރުކަމަށް އައުމަށް ބޭނުންވާތީކަމަށް އިބްރޭ ވިދާޅުވިއެވެ.

"ރުހުން ދޭނެ ވަޒީރުންނާއި ނުދޭނެ ވަޒީރުން ނިންމާނީ އެމްޑީޕީގެ ޕީޖީ." އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް އިދާރީ ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގެ ވަޒީރު ކަމަށް އައްޔަން ކުރައްވާފައިވާ 22 ބޭފުޅުންނަށް ރުހުން ހޯދުމަށް ސަރުކާރުން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައެވެ. އެމައްސަލަ މިހާރު އޮތީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން