ރ. ދުވާފަރު ޕަވަރ ސިސްޓަމް އަޕްގްރޭޑް ކުރަމުންދާތީ މިއަދު މެންދުރުފަހު އެރަށުން ކަރަންޓު ކެނޑިދާނެކަމަށް އެމްޑަބްލިއުއެސްސީއިން ހާމަކޮށްފިއެވެ.

މާލެ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، އެމްޑަބްލިޔުއެސްސީން ބުނީ ދުވާފަރު ޕަވަރ ސިސްޓަމް އަޕްގްރޭޑް މަސަކަތް ކުރުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު 13:00 އިން 17:00 އާ ދެމެދުގެ ވަގުތެއްގައިކަމަށެވެ. އަދި ދުވާފަރު ޕަވަރ ސިސްޓަމް އަޕްގްރޭޑް ކުރަމުންދާވަގުތު، ރަށުގެ ހުރިހާ ސަރަހައްދަކުން ކަރަންޓުގެ ޚިދުމަތް މެދު ކެނޑިދާނެކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.



ކަރަންޓުގެ ‏‏ހިދުމަތް މެދުކެނޑިގެންދާ ވަގުތުގައި ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މާފަށް އެދޭކަމަށް އެމްޑަބްލިއުއެސްސީއިން ހާމަކޮށްފައިވެއެވެ.

އެމްޑަބްލިޔުއެސްސީން އަންނަނީ ފެނާއި ނަރުދަމާގެ ޚިދުމަތުގެ އިތުރުން ކުނި މެނޭޖްކުރުމާއި، ކަރަންޓް، އަދި މަސްވެރިންނަށް ބޭނުންވާ އައިސްގެ ޚިދުމަތްވެސް ރ. ދުވާފަރުގައި ފޯރުކޮށްދެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން