ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓްގައި ހިމެނޭ ވަޒީރުންނަށް ރުހުން ދޭން ޖެހޭނީ މުޅި މަޖިލީހުން ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރައީސް އަޙްމަދު ޝަރީފް (ސައިރިކްސް ޝަރީފް) ވިދާޅުވެއްޖެއެވެ.

ޝަރީފް މިގޮތަށް ވިދާޅުވީ ރުހުން ދޭނެ ވަޒީރުންނާއި ނުދޭނެ ވަޒީރުން ނިންމާނީ އެމްޑީޕީގެ ޕީޖީން ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިދާރީ، އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުފައިވަނިކޮށެވެ.



ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައާއިމެދު ގޮތެއް ނިންމުމަށް މިއަދު ބާއްވަން އުޅުނު ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުންވެސް ވަނީ ކޯރަމް ހަމަނުވެގެން ކެންސަލް ކޮށްފައެވެ.

މީސް މީޑިއާގައި ޝަރީފް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނު އަސާސީގެ ރައްޔިތުންގެ މަޖިލިހުގެ ބާބުގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލިސް ޒިންމާދާރުކަމާއެކު ހިންގަން އެބަޖެހޭ ކަމަށާއި ވަޒީރުންނަށް ރުހުންދިނުމުގައި ގޮތް ނިންމަން ޖެހޭނީ މަޖިލީހުގެ ކޮމިޓީއަކުން ނޫން ކަމަށެވެ. އެއީ މުޅިމަޖިލިހުން އެޖެންޑާކޮށްގެން ގޮތް ނިންމަންޖެހޭ ކަމެއް ކަމަކަށްވާތީ އޭނާ ވަނީ މި މައްސަލަ މަޖިލީހުގެ ބައެއް މެންބަރުން ހިމެނޭ ކޮމިޓީއެއްގެ އަތްމައްޗަށް ދޫކޮށްނުލައްވާ، އެޖެންޑާކުރެއްވުމަށް މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމަށް ގޮވާލައްވާފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުންނަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވި މައްސަލަ މިހާރު އޮތީ އެ ކޮމިޓީގައެވެ. މީގެ ކުރިން އެމައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމެޓީއަށް ފޮނުވުމުން ވަޒީރުންނަށް ރުހުން ދޭން ނިންމައި މަޖިލީހުގެ ތަޅުމަށް ވެސް ވަނީ ހުށައަޅާފައެެވެ.

އެހެން ނަމަވެސް އެ މައްސަަލަ އަނބުރާ ކޮމިޓީއަށް ފޮނުވާލީ ކޮމެޓީގެ ރިޕޯޓް އޮތީ މަޖިލީހުގެ ގަވާއިދާއި ހިލާފަށް ކަމަށް ވިދާޅުވެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ނިޒާމާއިބެހޭ މައްސަލައެއް ނަންގަވައި އެކަން މަޖިލީހުގެ ރައީސް މުޙައްމަދު އަސްްލަމްގެ ސަމާލު ކަމަށް ގެންނެވުމުންނެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން