އައްޑޫ ސިޓީ ގަމުގެ ދެކުނު ފަރާތަށް، އިހި ނަގަން މޫދަށް ފޭބި މުޙައްމަދު ނައީޝް ނަސްރ، ގެއްލިގެން ހޯދަން ކުރި މަސައްކަތުން އޭނާ މިހާތަނަށް ފެނިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ ޑިސެމްބަރ 21 ގައި ގެއްލުނު ނައީޝް ހޯދުމަށް ކަނޑުގެ މަގުން 490 ނޯޓިކަލް މޭލާއި ވައިގެ މަގުން 23.46 ސްކޮޔަރ ނޯޓިކަލް މޭލާއި ޑައިވްކޮށްގެން 1 ސްކޮޔަރ ނޯޓިކަލް މޭލުގެ ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.

"މުޙައްމަދު ނައީޝް ހޯދުމަށް ސިފައިން ކުރަމުންދާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ފުލުހުންނާއި ސ. މަރަދޫއަށް ނިސްބަތްވާ 3 މަސް ދޯންޏަކުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފަ. މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާ ފެނިފައެއް ނުވޭ." އެމްއެންޑީއެފުން ބުނެފައި ވެއެވެ.



މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ގަމުގެ ދެކުނު ފަރާތަށް އިހި ނަގަން ފޭބި ތިން މީހުންގެ ތެރެއިން ގެއްލިފައިވަނީ އުމުރުން 18 އަހަރުގެ ސ. މަރަދޫ ކުރެދުމާގޭ، މުޙައްމަދު ނައީޝްއެވެ. އައްޑޫ ހައި ސްކޫލު ގްރޭޑް 12 ގައި ކިޔަވާ ނައީޝް ގެއްލުނުއިރު ލައިގެން ހުރީ އަތްދިގު ހުދު ކުލައިގެ ޓީޝާޓެއްކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވާ ކަމަށް އެފަރާތުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން