ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ސީޕްލޭނެއް
ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ސީޕްލޭނެއް
މޫސުން ގޯސްވެ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ދެ ސީޕްލޭނަކަށް ގެއްލުންތަކެއް ލިބިއްޖެއެވެ.

އެއް ބޯޓު ޖައްސަން އުޅުމުގެ ތެރޭގައި މޫދުގައި ފިޔަގަނޑުޖެހި ބޯޓުގެ ބެލެންސް ގެއްލި މޫދުގައި ބޯޓުގެ ކުރީކޮޅު ޖެހުމުން ބޯޓުގެ ކުރީކޮޅަށްވަނީ ގެއްލުން ލިބިފައެވެ. ދެވަނަ ބޯޓު އެކްސިޑެންޓް ވެފައިވަނީ އެ ބޯޓުގެ އިންޖީނަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ބޯޓު ޖައްސަން އުޅުމުގެ ތެރޭގައެވެ.

މި ދެހާދިސާއާއި ގުޅިގެން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާއިރު، މި ހާދިސާ ހިނގިއިރު ބޯޓު ދަތުރުކޮށްފައިވަނީ ފަސިންޖަރުންނާ އެކުގައިކަން ޓީއެމްއޭ އިންވެސް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

މިއަހަރުގެ ފެބްރުއަރީ މަހުވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ކުރެއްދޫ އައިލެންޑް ރިސޯޓަށް ދަތުރު ކުރި ޓީއެމްއޭގެ ބޯޓެއް ޖައްސަން އުޅުމުގެ ތެރޭގައި ހިނގި އެކްސިޑެންޓެއްގައި ބޯޓަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން