އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް ސާލިހު އެމްޑީޕީގެ އިންތިޚާބާބެހޭ ކޮމިޓީގެ މެންބަރުންނަާ މިއަދު ބައްދަލު ކުރައްވައިފި.
އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް ސާލިހު އެމްޑީޕީގެ އިންތިޚާބާބެހޭ ކޮމިޓީގެ މެންބަރުންނަާ މިއަދު ބައްދަލު ކުރައްވައިފި.
އެމްޑީޕީގެ ޓިކެޓްގައި މަޖިލީހަށް ވާދަކުރަން ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފިއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީގެ ޓިކެޓުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލީ ޑިސެމްބަރުމަހުގެ 16 ވަނަ ދުވަހުއެވެ. އަދި އެ ފުރުޞަތު މިމަހުގެ 25 އާއި ހަމައަށް އޮތީ ހުޅުވާލާފައެވެ.

އެމްޑީޕީން މިއަދު ބުނީ އެމް.ޑީ.ޕީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ މެންބަރުންނަށް ޝައުޤުވެރިކަން ފާޅުކުރުމަށް ހުޅުވާލި މުއްދަތު 30 ޑިސެމްބަރ 2023 ވާ ހޮނިހިރު ދުވަހުގެ ހަވީރު 04:00 ގެ ނިޔަލަށް މިހާރު އިތުރުކުރެވިފައިވާކަމަށެވެ.

އެމްޑީޕީން މީގެކުރިން ހާމަކޮށްފައިވާ ގޮތުން އެމްޑީޕީގެ މަޖިލިސް ޕްރައިމަރީ އޮންނާނީ އަންނަމަހުގެ 26 ވަނަ ދުވަހާއި 27 ވަނަ ދުވަހުއެވެ. ނަމަވެސް އެ ތާރީހަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއްކަމަށްވެސް އެ ޕާޓީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން