އުއްމީދަކީ ކުރިއަށް އޮތް ސްކޫލް ޓާރމް ފެށުމުގެ ކުރިން އަމީނީ މަގުގައި ތާރު އަޅާ ނިންމާލުން ކަމުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ، ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.



މުއްތަލިބު ވިދާޅުވިގޮތުގައި އަމީނީ މަގުގެ މިހާރު ހެދެމުންދާ ބަޔަކީ ބޮޑެތި ބަސްތައް ދެކޮޅަށް ދުއްވާ ބަޔަކަށްވުމާއެކު މަގު ހެދިގެން ދާނީ އިތުރަށް ފުޅާކުރެވިގެންނެވެ.

އަމީނީ މަގުގެ މަޝްރޫއު އާރްޑީސީއާއި ހަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ ޖުލައި މަހުގެ 3 ވަނަ ދުވަހުގައެވެ.

މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްގެންގޮސް ނިންމާފައިވަނީ ސެގްމަންޓް 11 އެވެ. މިހާރު އާރްޑީސީން ދަނީ އަމީނީ މަގުގެ އެންމެ ފަހު ސެގަމަންޓް، 12 އަދި 13 ނިންމުމުގެ މަސައްކަތް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން