ޢައްޒާއަށް އެހީ ފޯރުކޮށްދިނުމާއި ގުޅޭގޮތުން އދގެ ސަލާމަތީ މަޖިލީހުން އިއްޔެ ފާސްކުރި ގަރާރަކީ ރަނގަޅު މިސްރާބަކާއި ދިމާލަށް އެޅިގެންދިޔަ ފިޔަވަޅެއްކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ އައްޒާއަށް ބޭނުންވާ އެހީ ފޯރުކޮށްދިނުން އިތުރުކުރުމަށް ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޕޯސްޓެއްގައެވެ.



ރައީސް ވިދާޅުވީ އެހީފޯރުކޮށްދިނުން އިތުރުކުރުމަށް ސަލާމަތީ މަޖިލީހުން ފާސްކުރިނަމަވެސް، އިސްރާއީލުން ދެމުންދާ ހަމަލާތައް ހުއްޓާނުލާނަމަ ރައްކާތެރިކަމާއެކު އެހީ ފޯރުކޮށްނުދެވޭނެކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެއްކަމަށެވެ.

ރައީސް ވިދާޅުވީ ބައިނަލްއަގުވާމީ މުޖުތަމުއަށް ރާއްޖެއިން ގޮވާލަނީ މިހާރަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅައިގެން ނަމަވެސް ޢައްޒާގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކުން ސަލާމަތްކޮށް، އެ މީހުންގެ ހައްގުތައް ކަށަވަރުކުރުމަށްކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން