ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ފެނިގެންދަނީ ބަދަލުހިފުމުގެ ރޫހެއްކަމަށާއި މިކަން ހުއްޓުވަން ޖެހޭކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

"ފަހަރަކު ފަނޑިޔާރަކު ވަކިކުރަމުން ދާތީ ރީކޯ މޫސަގެ ވަރުގަދަ ރަށްދެއް ޖޭއެސްސީއަށް،" މި ސުރުހީގެ ދަށުން "ރަސް އޮންލައިން" ގައި ލިޔެފައިވާ އާރޓިކަލް ޓެގްކުރައްވައި ކުރެއްވި ޓްވީޓެއްގައި ޑރ.ޝަހީމް ވިދާޅުވީ ބަދަލު ހިފުމުގެ ރޫހެއްގައި ޖޭއެސްސީން މަސައްކަތް ކުރާ މަންޒަރު ފެންނަމުންދާކަމަށެވެ. މިއީ ރާއްޖޭގެ ތާރީހުގައިވެސް ޖޭއެސްސީ ސިޔާސީވެ މިހާ ދަށު ދަރަޖައަކަށް ވެއްޓުނު ފުރަތަމަ ފަހަރުކަމަށް ޝަހީމް ވިދާޅުވިއެވެ.

"ޖޭއެސްސީގައި އޮތީ ބަދަލުހިފުމުގެ ރޫހު. މިހާރު ފެނިގެން މިދަނީ ރާއްޖޭގެ ތާރީހުގައިވެސް ޖުޑިޝަރީގެ މައްޗަށް މީގެ ކުރިން ސިޔާސީ ނުފޫޒު ފޯރުވާފައި ނުވާ ވަރަށް ނުފޫޒު ފޯރާފަވާތަން. މިކަން ހުއްޓުވަންޖެހޭ." ޝަހީމް ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން މިހާރު އެކުލެވިފައިވާގޮތުން އެތަން އެންމެބޮޑަށް ސިފަވަނީ ރައީސް ނަޝީދުގެ ލޯޔަރުން މަސައްކަތް ކުރައްވާ ލޯފާމެެއްގެ ގޮތުގައި ކަމަށް އިދިކޮޅު ފަރާތްތަކުން ސިފަކުރައްވައެވެ.

ޖޭއެސްސީ އެތުރިފައިވާ ގޮތް ބަދަލުކޮށް ޖޭއެސްސީއަށް ބަދަލު ތަކެއް ގެނަސް ފަނޑިޔާރުގެ އިސްލާހު ކުރުމަކީ އެމްޑީޕީގެ ރިޔާސީ އަދި އެޖެންޑާ ނަވާރައިގެ ވަޢުދެކެވެ. ނަމަވެސް މިއަދު ޖޭއެސްސީގައި އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަގޮތަށް ޖޭއެސްސީ އަތުރާލާފައި އޮތުމުން އިދިކޮޅު ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން