ފައިލޭރިއާގެ ކޭސްތައް މާލެއިންވެސް ފެނިއްޖެއެވެ.

އެޗްޕީއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ހުކުރު އަދި ހޮނިހިރު ދުވަހުގައި ގްރޭޓާ މާލެ އޭރިއާގައި ފައިލޭރިއާއަށް ޓެސްޓްކުރުމުގެ މަސައްކަތް ކުރެވިފައިވާ ކަމަށެވެ. މައިގަނޑުގޮތެއްގައި ޓެސްޓްކުރުން ކުރިއަށް ގެންދެވިފައިވަނީ ބިދޭސީ މަސައްކަތްތެރިން މަސައްކަތްކުރާ ސައިޓްތަކުގައެވެ.



ހުޅުމާލެއިން ޓެސްޓްކުރި ބިދޭސީންގެ ތެރެއިން 5 މީހަކު މި ބައްޔަށް ފައްސިވީއިރު ގުޅީފަޅުން ހެދި ޓެސްޓްތަކުން އެކަކު އަދި މާލޭގެ އަވަށަކުން 1 ބިދޭސީއަކު ފައިލޭރިއާއަށް ފައްސިވެފައި ވާކަމަށް އެޗްޕީއޭއިން ބުނެއެވެ. ގްރޭޓާ މާލޭ އޭރިއާ ސަރަހައްދުން ޖުމްލަ 89 ބިދޭސީން ފައިލޭރިއާއަށް ޓެސްޓްކޮށްފައި ވެއެވެ.

މިހާތަނަށް ރާއްޖޭގައި ކުރެވުނު ޓެސްޓްތަކުގެ ނަތީޖާތައް ދައްކާގޮތުގައި ހދ. ކުޅުދުއްފުށީގައި ހެދި ޓެސްޓްތަކުން 439 ޓެސްޓްތަކުގެ ތެރެއިން 25 ބިދޭސީން މި ބައްޔަށް ފައްސިވެފަވެއެވެ. އެއާއެކު ރާއްޖޭގައި މިވަގުތު ޖުމްލަ 32 ބިދޭސީން މި ބަލި ތަހައްމަލުކުރަމުންދާ ކަމަށް އެނގިފަވެއެވެ.

މިވަގުތަށް އެއްވެސް ދިވެއްސެއް މި ބައްޔަށް ހުށަހެޅިފައިވާކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ނުދައްކައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން