ފައިލޭރިއާ ބަލި ކޮންޓްރޯލް ކުރުމަށް އަރބަންކޯއިން ޚާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.

ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން އިޖުތިމާއީ ހަރަކާތްތައް ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދާ އަރބަންކޯއިން ވަނީ ދާދި ފަހުން ކުޅުދުއްފުށި ސިޓީއިން ފައިލޭރިއާގެ ޕޮޒިޓިވް ކޭސްތަކެއް ފެނުމާއެކު، މާލޭގައި މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ރާވާފައެވެ.

އެގޮތުން އަރބަންކޯއިން ވަނީ ހުކުރު ދުވަހު އެޗްޕީއޭ އަދި ދިވެހި ރެޑް ކްރެސެންޓާއި ގުޅިގެން ހުޅުމާލޭގައި ދިރިއުޅޭ ބިދޭސީންގެ ހެލްތު ސްކީރިންންގްއެއް ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން އިއްޔެ ވަނީ ތިލަފުށި، ގުޅީފަޅު އަދި ހުޅުމާލޭގައި ރެންޑަމް ސާމަޕްލިންއެއްވެސް ކުރިއަށް ގެންގޮސްފައެވެ.

އެއާއެކު، 'ފައިލޭރިއާއިން ރައްކާ' ނަމުގައި ކެމްޕެއިންއެއް ފަށައި، މިއަދު ހުޅުމާލޭގެ 12 ޒޯންއަކަށް ބަހާލައިގެން ކޮންމެ ޒޯނެއްގައިވެސް މަދިރި އާލާވާ ތަންތަން ދެނެގަނެ މުޅި ހުޅުމާލޭގައި އާބަންކޯއިން ވަނީ ސާރވޭއެއް ފަށާފައެވެ. އަދި ސްކޫލުތަކަށާއި ސަރުކާރާއި އަމިއްލަ ކުންފުނިތަކާއި މުއައްސަސާތަކުގެ މުވައްޒަފުންނަށް އަމާޒުކޮށް މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ހޭލުންތެރިކުރުވުމުގެ ސެޝަންތައް ކުރިއަށް ގެންދިއުމަށްވެސް އަރބަންކޯއިން ރާވާފައި ވެއެވެ.

ހުޅުމާލޭގައި މި ކެމްޕެއިނަށް ބަހާލެވުނު 12 ޒޯންގައި ދިރިއުޅޭ މީހުން، ސްކޫލް ކުދިން، ސަރުކާރު އޮފިސް ކުންފުނިތައް ހިމެނޭހެން އެންމެން ގުޅިގެން ސާފުކުރުމުގެ ބޮޑު ހަރާކާތެއްވެސް އެކުންފުނިން ފަށާފައި ވެއެވެ.

މި ހަރަކާތުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް އަރބަންކޯއިން ވަނީ އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން