އަހުމަދު މަސްނޫމް   24 ޑިސެމްބަރު 2023 - 23:44
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ޗެއާމަންގެ މަގާމަށް މުހައްމަދު އަފީފް ހުސެއިން އައްޔަނުކުރައްވައިފިއެވެ.

ސަރުކާރުގެ ގިނަ ކުންފުނިތަކެއްގައި އިސް މަގާމްތަކެއް އަދާކުރައްވާފައިވާ އަފީފް އެމްޓީސީސީގެ ޗެއަރމަންގެ މަގާމަށް އައްޔަންކުރީ މިއަދުއެވެ.

މަގާމަށް އައްްޔަންކުރުމާއި ހަމައަށް އޭނާ ހުންނެވީ ހައުސިން އަދި ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައެވެ.

އަފީފް ވަނީ މީގެކުރިން ސްޓެލްކޯ އަދި ފެނަކަ ކޯޕަރޭޝަންގެ ޗެއާމަން ކަމުގެ މަގާމުވެސް އަދާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން