ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހިންގާ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫޢުކަމަށްވާ ރަސްމާލެ ތަރައްޤީކުރުމަށް ފުށިދިއްގަރު ފަޅު ހިއްކުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް 10 ހެކްޓަރުގެ ބިން ހިއްކައި ނިންމައިފިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހިންގާ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫޢުކަމަށްވާ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.

"ރަސްމާލެ" ނަމުގައި ހިންގާ އެ ބޮޑުއެމަޝްރޫއުގެ މަސައްކަތް ފެށިތާ ހަފުތާ އެއް ވެފައިވާއިރު މިހާތަނަށް 10 ހެކްޓަރުގެ ބިން ހިއްކައި ވަނީ ނިންމާލާފައެވެ.

ބިންހިއްކަން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ ކުރިއަށް އޮތް 8 މަސްދުވަހުގެ ތެރޭގައި ރަސްމާލެ ސިޓީއަށް ބޭނުންވާ ބިން ހިއްކައި ނިންމެވުން ކަމަށެވެ. ރަސްމާލެ ތަރައްޤީކޮށް މީހުން އެތަނުގައި އާބާދުކުރުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމުގައިވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން