ނަސާރާ ދީނުގެ އީދެއްގެ ގޮތުގައި ފާހަގަކުރާ ކުރިސްމަސް ދުވަސް ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ފާހަގަނުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ އައު އަހަރާ ގުޅިގެން ކުރިސްޓިއަން ދީނުގައި ފާހަގަކުރަމުންދާ ކުރިސްމަސް ފާހަގަކުރުމަށް އެއްވެސް ހަރަކާތެއް މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި ނުހިންގުމަށް އިލްތިމާސްކޮށްފައެވެ. ފުލުހުން ބުނީ އެ ދުވަސް ފާހަގަކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކުން މަނާކޮށްފައިވާ ކަމެއް ކަމަށެވެ.

އެހެންކަމުން ކުރިސްމަސް ފާހަގަކުރުމަށް ރާއްޖޭގެ އެއްވެސް ރަށެއްގައި އެއްވެސް ހަރަކާތެއް ނުހިންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. ފުލުހުންގެ ޚިދުމަތުން ނެރުނު ބަޔާނުގައި ވަނީ އެފަދަ ހަރަކާތްތައް ހިންގާ ފަރާތްތަކާމެދު ޤާނޫނީ އިމުގެ ތެރެއިން ފިޔަވަޅުއަޅާނެކަމުގެ އިންޒާރު ދީފައެވެެ.

ފުލުހުން މިގޮތަށް އަންގާފައިވާއިރު ރާއްޖޭގައި ގެސްޓު ހައުސް ވިޔަފާރިކުރާ ބައެއް ރަށްރަށުގައި ކުރިސްމަސް ފާހަގަކުރުމުގެ މައްސަލަތައް ވަރަށް ބޮޑަށް ވަނީ ފެންމަތިވެފައެވެ.

ކުރިސްމަސް ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހަކީ ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 25 ވަނަ ދުވަހެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން