ދަ ޑިމޮކްރެޓްސްގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ޓިކެޓް ދިނުމަށް ބާއްވާ ޕްރައިމަރީ އަންނަ ފެބުރުއަރީމަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

ޑިމޮކްރެޓްސްގެ ޕްރައިމަރީ އަންނަ ފެބުރުއަރީމަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ނިންމީ މިއަދު ބޭއްވި އެ ޕާޓީގެ ނެޝަނަލް އެސެމްބްލީންނެވެ.

ޑިމޮކްރެޓްސްއިން ބުނީ އެ ޕްރައިމަރީއަށް ކުރިމަތިލެވެނީ ފެބްރުއަރީ 4، ގެ ނިޔަލަށް އެ ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މެންބަރުންނަށްކަމަށާއި އަދި ޕްރައިމަރީ ވޯޓު ދެވޭނީވެސް އެ ތާރީހުގެ ކުރިން ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވޭ މެންބަރުންނަށް ކަމަށެވެ.

ޕާޓީގެ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން ޕްރައިމަރީއަށް ކުރިމަތިލާން އެދި ހުށަހަޅާ ފޯމާއެކު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކުރިމަތިލާ މީހާގެ ކުށާއި ދަރަނީގެ ރިކޯޑު ސާފުކޮށްފައިވާ ފޯމާއި އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ޖިނާއީ ކުށްތަކާ ގުޅޭ ރިކޯޑް ސާފުކޮށްފައިވާ ފޯމު ހުށަހަޅަން ޖެހޭނެކަމަށް ޑިމޮކްރެޓްސްއިން ބުނެއެވެ.

އެމްޑީޕީގެ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން ދަ ޑިމޮކްރެޓްސް އުފެއްދީ މިދިޔަ މިދިޔަ ޖުލައިމަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން