އަހުމަދު މަސްނޫމް   25 ޑިސެމްބަރު 2023 - 3:34
މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީން ދޭ "ބޮޑުރަސްގެފާނު ލަގަބް" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް އަރުވައިފިއެވެ.

މަސީން އަލަށް ތައާރަފްކުރި މި ލަގަބް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް އަރުވާފައިވަނީ މަސީގެ ފުރަތަމަ ބިލްޑަރ އެވޯޑް ދިނުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައެވެ.

މިލަގަބު ރައީސަށް އަރުއްވާދެއްވީ މަސީގެ ރައީސް މުޙައްމަދު އަލީ ޖަނާހްއެވެ. މިއީ ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތަށްރައީސް މުއިއްޒު ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގުވަޒަންކޮށް އެކަން ފާހަގަކުރެއްވުމުގެ ގޮތުން އެރުވި ލަގަބެކެވެ. އެގޮތުން ހައުސިންގެ ވަޒީރުކަމުގައި ހުންނަވައިގެން އަދި މާލޭ މޭޔަރުކަމުގެ މަގާމުގައި ހުންނަވައިގެން ރައީސް މުއިއްޒު މީގެކުރިން ކުރައްވާފައިވާ މަސައްކަތްޕުޅުތައް މަސީން ފާހަގަކުރެއެވެ.

މި ރަސްމިއްޔާތުގައި ވަނީ މަސީގެ ބައެއް އެހެން އެވޯޑްތައް ހާސިލްކުރި ފަރާތްތަކަށްވެސް އެވޯޑް ހަވާލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން