ްޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށް ރައީސުލް ޖުމްހޫރިއްޔާ މަޤާމުގެ ފަތްކޮޅު ހަވާލުކުރައްވަނީ، ފޮޓޯ: ރައީސް އޮފީސް
ްޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށް ރައީސުލް ޖުމްހޫރިއްޔާ މަޤާމުގެ ފަތްކޮޅު ހަވާލުކުރައްވަނީ، ފޮޓޯ: ރައީސް އޮފީސް
އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ފައިސާ ލިބިފައިވާކަމަށް ތުހުމަތުކުރެވޭ މިހާރުގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމުގެ މައްސަލަ ބަލާނީ ކޮން އިދާރާއަކުން ކަމެެއް ސީދާ ދަންނަވަން އެނގިވަޑައި ނުގަންނަވާ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދު ވިދާޅުވެއްޖެއެވެ.

މިހާރުގެ ޕީޖީ، ހުސައިން ޝަމީމަކީ އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގައި ހިމެނޭ ކަމަށް ތުހުމަތުކުރެވޭ އެންމެ އިސް މީހުންގެ ތެރޭގައި ހިމެނޭ ތިން މީހުންގެ ގާނޫނީ ވަކީލުކަން ކުރައްވައި އެމީހުންގެ ދިފާޢުގައި އެންމެ ފުރަތަމަ މަސައްކަތް ކުރެއްވި ވަކީލެވެ. ކުރީގެ ނާއިބްރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ ވެސް ގާނޫނީ ވަކީލެވެ. 2015 ވަނައަހަރު ބޮޑުޚިޔާނާތުގެ ތަހުގީގުތައް ހިނގައިގަތް އިރު އަދީބާއި ޒިޔަތާއި އަދި މިޚިޔާނާތް ހިންގުމުގައި އެންމެ މުހިންދު ދައުރެއް އަދާކޮށް މެދުވެރިއެއްގެ ބައި ކުޅެދިން އެސްއޯއެފަށް ނިސްބަތްވާ ބައެއް މީހުންގެ ގާނޫނީ ވަކީލުކަން ޝަމީމު ކުރެއްވިކަމަށް ވެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތަކެއް މިހާރުގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށް ލިބިވަޑައިގެންފައިވާކަމަށް ތުހުމަތުކުރޭ މައްސަލައެއް އެސެޓް ރިކަވަރީ ކޮމިޝަނުން ބަލަމުންދޭތޯ ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ކޮމިޝަންގެ ރައީސް އައްސަދު ވިދާޅުވީ އެފަދަ މައްސަލައެއް އެކޮމިޝަނުން ބަލަމުން ނުދާކަމަށެވެ. އަދި ޝަމީމަށް ލިބިފައިވާ ފައިސާތަކުގެ މައްސަލަ ބެލުމަކީ ކޮން މުވައްސަސާއަކުން ކުރަންވީކަމެެއްކަން ދަންނަވަން އެނގިވަޑައި ނުގަންނަވާ ކަމަށް ކޮމިޝަންގެ ރައީސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެމައްސަލަ ކަމާއިބެހޭ ކޮންމެ މުވައްސަސާއަކަށް ހުށަހެޅުނަސް ބަލާނެކަމުގެ ޔަގީންކަން އޮތްކަމަށް އޭނާ ވިދާޅުވިއެވެ.

"ހުސެއިން ޝަމީމަށް ލިބިފައިވަނީ އެމްއެމްޕީއާރުސީގެ ފައިސާތޯ، ނުވަތަ އެހެން ފައިސާއެއްތޯ؟ ނޫންނަތަ ހުސެއިން ޝަމީމްގެ ކްލައިންޓަކު ދީފައިވާ ފައިސާއެއްތޯ އަޅުގަނޑުމެން އެސެސްކޮށްފައި ނުވާނެ. ދެން އެއީ މައްސަލައެއް ކަމުގައިވާނަމަ ހުސެއިން ޝަމީމުގެ މައްސަލަ ބަލަންޖެހޭނީ. އަޅުގަނޑުމެންތޯ، ޕޮލިސްތޯ ނުވަތަ އޭސީސީތޯ ކޮންމެ ފަރާތަކަށްވެސް ބެލިދާނެ." އައްސައަދު ވިދާޅުވިއެވެ.

ކުރީ ސަރުކާރު ތަކުގެ ޚިޔާނާތާއި ދައުލަތުން ގެއްލިފައިވާ ފައިސާގެ މައްސަލަތައް ބަލައި އެފައިސާ ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަނުން ބަލާފައިވާ ނުވަތަ ތަހުގީގު ކޮށްފައިވާ އެންމެ މުހިންމު މައްސަލައަކީ އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލައެވެ. އަދި އެ ޚިޔާނާތާއި ގުޅުންހުރި ފަސް ބޭފުޅެއްގެ މައްސަލަ ޝަރީޢަތަށް ފޮނުވަން މިހާރު ވަނީ ތައްޔާރުވެފައެވެ. ނަމަވެސް އެޚިޔާނާތުގައި ހިމެނޭ ބައެއްގެ ގާނޫނީ ވަކީލުގެ ގޮތުގައި ޚިދުމަތް ކުރައްވައިގެން ގިނަ އަދަދެއްގެ ފައިސާ ލިބިވަޑައިގަތް ކަމަށް ތުހުމަތު ކުރެވޭ މިހާރުގެ ޕީޖީ ހުސައިން ޝަމީމުގެ މައްސަލަ ކޮމިޝަނުން ބަލާފައި ނުވާ ކަމަށް ކޮމިޝަންގެ ރައީސް ވަނީ ވިދާޅުވެފައެވެ. އެމައްސަލަ އެއްވެސް ވަރަކަށް ނުބަލައި 30 ހާހެއްހާ ޑޮލަރުގެ ވިޔަފާރި އެސްއޯއެފުން ކޮށްފައިވާ މީހުންގެ މައްސަލަ ތަހުގީގީގުކޮށް ކޮމިޝަންގެ ލިސްޓުގައި ހިމެނައިގެން އެފަދަ ބޭބޭފުޅުންނަށް ދައުވާ ކުރަން މަސައްކަތް ކުރުމަކީ ކޮމިޝަނަށް ނުފޫޒެއް ނެތްކަމަށް ކޮމިޝަންގެ ރައީސް ވިދާޅުވި ނަމަވެސް ގިނަ ބަޔަކު ސުވާލު އުފައްދަމުންދާ ކަމެކެވެ.

ދާދިފަހުންް އަމިއްލަފަރާތަކުންވަނީ ބާ ކައުންސިލަށް ވެސް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމާއި ގުޅޭގޮތުން މައްސަލައެއް ހުށަހަޅާފައެވެ. މިމައްސަލަ ހުށަަޅާފައިވަނީ އެމްއެމްޕީއާރުސީ މައްސަލާގައި ތުހުމަތުކުރެވޭ 2 ބޭފުޅަކަށް ވަކީލުކަން ކޮށްދެއްވައިގެން އާންމުކޮށް ނުނަގާވަރުގެ ބޮޑުފީއެއް ނަންގަވާފައިވާއިރު، މިފައިސާއަކީ އެމްއެމްޕީއާރުސީގެ ފައިސާތަކެއްކަމަށް ތުހުމަތުކޮށެވެ.

އެމްމްއެމްޕީއާރުސީގެ މައްސަލާގައި ޕީޖީ ޝަމީމަށް މިފަދަ ބޮޑެތި ތުހުމަތުތަކެއް ކުރެވޭއިރު، ޝަމީމު ޕީޖީގެ މަގާމުގައި ހުންނަވައިގެން މިމައްސަލަ ބެލުމަކީ އަމިއްލަ މަސްލަހަތު ހިމެނޭ ކަމެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ. ބޮޑުޚިޔާނާތުގައި ތުހުމަތު ކުރެވޭ އިސް މީހުންގެ ދިފާޢުގައި އިހަށް ދުވަހާއި ޖެހެންދެން ވަކާލާތު ކުރައްވައި މަސައްކަތް ކުރައްވާފައިވާ ބޭފުޅަކު އެމައްސަލަ ހިނގަމުންދާއިރު ދައުލަތުން ދައުވާ ކުރާ ޕީޖީގެ މަގާމުގައި ހުންނަވައިގެން ނުވާނެ ކަމަށް ބުނެ ޝަމީމު މަގާމުން އިސްތިއުފާ ދެއްވުމަށްވެސް ބައެއް ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން