ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުން ހުއްޓާލި ކަމަށް ބުނެ ދެކެވޭ ވާހަކަތަށް ޔޫތު މިނިސްޓަރ އިބްރާހިމް ވަހީދު (އަސްވާޑް) ދޮގުކުރައްވައިފިއެވެ.

ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުން ސަރުކާރުން ހުއްޓާލާފައިވާ ކަމަށް ބުނެ ބައެއް މީޑިޔާތަކުން މިއަދު ވަނީ ރިޕޯޓްކޮށްފައެވެ. އެކަމާ ގުޅިގެން ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު، އަސްވާޑް ވިދާޅުވީ އެއީ މައުލޫމާތުގެ ކުށެއް ކަމަށާއި ސަރުކާރުން ނޫސްމަޖައްލާ ރަޖިސްޓްރީ ކުރުން ހުއްޓާނުލާ ކަމަށެވެ.

އަސްވާޑް ވިދާޅުވީ މިހާރުވެސް ނޫސް މަޖައްލާ ރަޖިސްޓްރީކުރުން ސަރުކާރުން ހުއްޓާނުލައި ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން މިމަހުވެސް 6 ނޫހެއް ރަޖިސްޓްރީކޮށްދީފައިވާނެ ކަމަށް އަސްވާޑު ވިދާޅުވިއެެވެ.

ދާދިފަހުން ރަޖިސްޓްރީނުކޮށް ހިންގަމުންދިޔަ އޮންލައިން ދެ ނޫހެއް ބަންދުކުރުމުން ސަރުކާރަށް ވަނީ ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައެވެ.

މިކަމާގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވެފައިވަނީ ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫހެއް ބަންދުކޮށްފައި ނުވާނެ ކަމަށާއި ކޮންމެ ވެބްސައިޓަކީ ނޫހެއް ނޫން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން