ބޭންކް އޮފް މޯލްޑިވްސްގެ ކްރެޑިޓު އަދި ޑެބިޓު ކާޑުން މަހަކު 1،200 ޑޮލަރު ނެގޭ ގޮތަށް އަންނަ ފެބްރުއަރީ މަހުން ފެށިގެން ކާޑު ލިމިޓު މަތި ކުރަން ނިންމާފައިވާ ކަން ސަރުކާރުން މިއަދު އިއުލާނުކޮށްފި އެވެ.

އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގައި ނިންމެވި ބައެއް މުހިއްމު ނިންމެވުންތަކުގެ މައުލޫމާތު ހިއްސާކުރަން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، ރާއްޖެއިން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ޑޮލަރު ނެގޭ ލިމިޓު 1،200 ޑޮލަރަށް ބޮޑުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

"މިވަގުތު އަދި އެ ލުއި މި ލިބެނީ ކިޔަވާ ކުދިންނަށް އެކަނި ބޭރުގައި" ނާޒިމް ވިދާޅުވިއެވެ.

ރާއްޖޭން ބޭރުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް މިހާރު ކާޑަކުން ނެގެނީ މަހަކު 750 ޑޮލަރެވެ.

ނާޒިމް މިއަދު ވިދާޅުވީ ކެބިނެޓްގެ އެ ނިންމެވުމާ ގުޅިގެން ފިނޭންސް މިނިސްޓްރީ އާއި ބޭންކް އޮފް މޯލްޑިވްސް އަދި އެމްއެމްއޭ ގުޅިގެން ކުރަންޖެހޭ ޓެކްނިކަލް މަސައްކަތްތައް ކުރިއަށްގެންދިޔުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

އެގޮތުން ފުރަތަމަ މަރުހަލާގައި ކިޔަވާ ކުދިންގެ ޑޮލަރު ލިމިޓު މަތިކުރާއިރު އަމިއްލަ ގޮތުން ގޮސްތިބި ކުދިންނާއި ސަރުކާރުގެ ހަރަދުގައި ގޮސް ތިބި ކުދިންނަށް ވެސް އެ ފަސޭހަ ލިބިގެންދާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ރާއްޖޭގެ ބޭންކުތަކުން ރިޓެއިލް ކަސްޓަމަރުންނަށް ކަނޑައަޅާފައި އޮންނަ ޑޮލަރު ލިމިޓު ބޮޑުކުރަމުންގޮސް އެއްކޮށް ނައްތާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން