ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް, ފޮޓޯ:ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް, ފޮޓޯ:ރައީސް އޮފީސް
ދިވެހިރާއްޖޭގެ 55ވަނަ މިނިވަން ދުވަހުގެ މުނާސަބާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މާދަމާ ޤައުމާއި މުޚާތަބް ކުރައްވާނެއެވެ. ރައީސުލްޖުމްހޫރިއްޔާ ޤައުމާއި މުޚާތަބް ކުރެއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 10:00ގައެވެ.

މިނިވަންދުވަހުގެ މުނާސަބަތުގައި ކޮންމެ އަހަރަކުވެސް ބާއްވަވަމުން ގެންދަވާ އިޙްތިފާލުތައް މިއަހަރު ނުބާއްވަވާގޮތަށް ސަރުކާރުން ނިންމެވި ނަމަވެސް މިނިވަން ދުވަހުގެ މުނާސަބާގައި ބާއްވާ ދިދަ ނެގުމުގެ ރަސްމިއްޔާތު ރާއްޖޭގެ ހުރިހާ ރަށެއްގައި މާދަމާ ހެނދުނު 06:00ގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

މިނިވަންދުވަހުގެ އިޙްތިފާލުތައް މިއަހަރު ނުބާއްވަވާގޮތަށް ސަރުކާރުން ނިންމެވުމާގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުމާއި، މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވަވާ ކުޅިވަރުތަކާއި އެހެނިހެން ޙަރަކާތްތައް މި އަހަރު ނުބާއްވަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.

ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިކަން ހިއްސާކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިގޮތަށް ނިންމެވީ، ކޯވިޑް-19 އާ ގުޅިގެން، ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިލާންޖެހުނު ދަތިތަކާއެކު، ދައުލަތުގެ ޚަރަދުތައް ކުޑަކުރެއްވުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއި ގުޅިގެންނާއި، ކޯވިޑް-19 އާ ގުޅިގެން، ޢާއްމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަން ކަށަވަރު ކުރެއްވުމަށްޓަކައި، ތަފާތު ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާތީ ކަމަށް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


0

සුකුන්

26-Jul-2020

කැරි බල්ලා



ޓްރެންޑިން