ދިވެހިންނަށް ޚާއްސަކޮށް 21 ދާއިރާއެއްގެ ވަޒީފާތައް ކަނޑައަޅައިފި ކަމަށް ސަރުކާރުން ހާމަކަޮށްފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ސަރުކާރުން މިގޮތަށް ގޮތް ނިންމީ އިއްޔެ ބޭއްވުނު ކެބިނެޓް މަޝްވަރާ ބައްދަލުވުމަށްފަހު ކަމަށެވެ.

ދިވެހިންނަށް ހާއްސަ ކުރާ ބައެއް ދާއިރާތައް:

- ހެއާ ޑްރެސާ

- ބިއުޓިޝަނުން

- ބޭބީ ސިޓިން

- ޕާސަނަނަލް ޓްރެއިނަރުން

- އިލެކްޓްރިޝަނުން

- ގެސްޓް ރިލޭޝަން އޮފިސަރުން

- ޓުއާ ގައިޑުން

- ޑައިވަރުން

- ފޮޓޯ ގްރަފަރުން

- އިލެކްޓްރިކަލް އިންޖިނިއަރުން

- ހައުސްކީޕިން މެނޭޖަރުން

- ހިއުމަން ރިސޯސް މެނޭޖަރުން

- ފްރޮންޓް އޮފީސް މެނޭޖަރުން

- އެކައުންޓެންޓުން

- އިމާމުން

- ނަރުހުން

- ޓީޗަރުން

- އިންސްޕެކްޓަރުން

- ސާވޭ ކުރާ މީހުން

- ސައިޓް ސުޕަވައިޒަރުން

- ޕައިލެޓުން

"މި ދާއިރާތަކަކީ ދިވެހިންނަށް ހާއްސަ ކުރެވިފައިވާ ދާއިރާތަކެއްގެ ގޮތުގައި ކަނޑައެޅުމަށް ވާންޖެހޭ ތައްޔާރީތަކާއި ތާވަލެއް އެކުލަވާލައިގެން އެކަން ފުރިހަމަ ކުރުމަށް ކުރިއަށް ގެންދިއުމަށް ކެބިނެޓުން އިއްޔެ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ލަފާއެރުވުމާ ގުޅިގެން އެގޮތަށް ނިންމާފައި،" ނާޒިމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


0

ޗަކޮއި

16-Jan-2024

އައިޓީ ނުވެސް ނެތީ ތީގަ. ކަލޯމެން އޮއްވަޅުގޮންދިތަ ކުޅެނީ މިއޮއްފަދަ ޒަމާނުގަ.


1

ޞައްދާމު

16-Jan-2024

އެއްވެސް ސާވޭއެއް ނުހަދާ، ޚާއްޞަ ކުރީއޭ ބުނުމަކުން ނުފުދޭނެ! ތިޔަފަދަ މީހުން ތައްޔާރުކޮށް، ތަމްރީންވެސް ދޭން ޖެހޭނެ!



ޓްރެންޑިން