އިންޑިއާއާއި ރާއްޖޭގެ އަސްކަރީ ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ބާއްވާފައިވަނީ އިންޑިއާއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު މިއަދު ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަރިހަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ އަސްކަރީ ގުޅުމާއި ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ދެ ގައުމުގެ އަސްކަރިއްޔާ ގުޅިގެން ބައެއް ދާއިރާތަކުން މަސައްކަތް ކުރުމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.



އިންޑިއާގެ ހައި ކޮމިޝަނަރުވެސް ވަނީ މިއަދުގެ ބައްދަލުވުމަކީ ކާމިޔާބު ބައްދަލުވުމެއްކަމަށް ސިފަ ކުރައްވާފައެވެ.

މި ބައްދަލުވުމުގައި ރާއްޖޭގައި ހުންނަ އިންޑިއާގެ ޑިފެންސް އެޑްވައިޒަރު ކެޕްޓަން ދީޕަކް ބަލީވެސް ބައިވެރިވެވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން