އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އެޅިޔަސް އިރާންގެ އިޤްތިޞާދަށް ކުރިއެރުން ލިބެމުންދާ ކަމަށް އިރާންގެ ޚަބަރު ފަތުރާ ވަސީލަތަކުން ރިޕޯޓްކޮށްފިއެވެ.

އިރާންގައި އުފައްދާ ނިއުކްލިޔާ ހަތިޔާރުގެ މަސައްކަތް ހުއްޓުވުމަށް ކަމަށްބުނެ އެމެރިކާއިން ވަނީ 44 އަހަރު ވަންދެން އިޤްތިޞާދީ ގޮތުން ދަތިކުރުމުގެ އެކި ފިޔަވަޅުތައް އީރާނާއި ދެކޮޅަށް އަޅާފައެވެ.

ވޯލްޑް ބޭންކުން ބުނާ ގޮތުގައި އީރާނުގެ އިގްތިސާދު ޖެހިޖެހިގެން ހަތަރު ވަނަ އަހަރަށް ކުރިއަރަމުން ގޮސް، އިގްތިސާދަށް ދިމާވި އިންފްލޭޝަންވެސް ދަށްކުރެވުނު ކަމަށެވެ. އެއާއެކު، އެގައުމުގެ ފައިސާގެ ބާޒާރު ހަމައަކަށް އެޅުވިފަވެއެވެ.

އީރާނުގެ އިޤްތިޞާދަށް މިދިޔަ އަހަރު އެވްރެޖްކޮށް 3.8 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވަނީ މައިގަނޑު ގޮތެއްގައި އެގައުމުގައި އުފެދޭ ތެލާއި ޕެޓްރޯލިއަމް ފަދަ ވިޔަފާރީގެ އެކި ސިނާއަތްތަކުގެ ސަބަބުންނެވެ.

މިއަދު އީރާނުން ޔޫރޭޝިއަން އިކޮނޮމިކް ޔޫނިއަންއާއެކު ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) ގައި ވަނީ ސޮއިކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެދުތެރޭ އޭޝިޔާއާއި ރަޝިޔާއާއެކު އިރާނުން ކުރާ ވިޔަފާރި ފުޅާވެގެންދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން