ކޮންމެ ސަރުކާރެއް ވައްޓާލަން އުޅޭ މީހުން ދިވެހި ރައްޔިތުންނަށް މިއަދު ވަރަށް ސާފުވާނެކަމަށް ޕީއެންސީގެ ޗެއަރޕާސަން އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސީނިއަރ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވެފައި މިވަނީ މަޖިލިސް ތެރެއިން ސަރުކާރު ވައްޓާލަން އުޅޭކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކާއި ގުޅިގެނެވެ.

އަދުރޭ ވިދާޅުވީ ރައީސް ޑރ. މުޢިއްޒުގެ އަމާޒަކީ ގައުމާ ރައްޔިތުންނަށް ލާބަޔާ މަންފާ ލިބޭމަގުން ކުރިއަށް ވަޑައިގަތުން ކަމަށެވެ. އަދި ބޭކާރު ކަންކަމަށް ވަގުތު ހޭދަ ކުރެއްވުމަކީ އެ މަނިކުފާނު ސަމާލުކަން ދެއްވާ ކަމެއް ނޫންކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.



އަދުރޭ ވިދާޅުވީ ފެހި ގާނޫނު އަސާސީގެ ދަށުން އުފެދިގެން އައި ކޮންމެ ސަރުކާރެއް ވައްޓާލަން އުޅޭ މީހުން ރައްޔިތުންނަށް ވަރަށް ސާފުކަމަށެވެ.

"ތިމާގެ ސިކުނޑިއަށް ނުފޯރާ ކަންކަމުގެ ވާހަކަ ރަނގަޅުވާނީ ނުދައްކާ މަޑުމަޑުން ހަނު ހުރިއްޔާ." އަދުރޭ ވިދާޅުވިއެވެ.

މަޖިލިސް ތެރެއިން ސަރުކާރު ވައްޓާލަން އުޅޭކަމަށް ބަޔަކު ތުހުމަތުކުރަމުންދާއިރު، މަޖިލީހުގެ ގަވާއިދުގައި ރައީސުލްޖުމްހުރިއްޔާ އަޒުލް ކުރުމާއި ގުޅޭ މާއްދާތަކަށް އެމްޑީޕީން ވަނީ އިސްލާހުވެސް ގެނެސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން